English Edition
Dhivehi Edition

ރާއްޖޭގެ ރަށްތަކުގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 5 ރަށެއްގެ މަސައްކަތް ނިންމައި އިތުރު 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނެފިއެވެ.

އެމްއާރްޑީސީން ނޫސްވެރިންނާ ބައްދަލުކޮށް ބޭއްވި ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު ވިދާޅުވީ، އެމްއާރުޑީސީ އިން މިހާރުވެސް 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަގު ހެދުމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން 12 ރަށެއްގައި ކުރިއަށްދާ މަގު ހެދުމުމުގެ މަސައްކަތް ނިންމައި މި އަހަރުގެ ތެރޭގައި ހައުސިން މިނިސްޓްރީއާއި ހަވާލު ކުރާނެކަމަށް އެމްއާރްޑީސީއިން ބުނެފިއެވެ.

އެމްއާރުޑީސީ ކުރަމުން ގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މަމްދޫހް ވިދާޅުވީ ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމައި ހައުސިންގ މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ކަމަށެވެ. މަސައްކަތް ނިމިފައިވާ ރަށްތަކަކަީ ގދ. ތިނަދޫ އާއި ގއ. ވިލިނގިއްޔާއި ދ. ކުޑަހުވަދޫ އާއި ތ. ވިލުފުށި އަދި ސ. ހުޅުމީދޫއެވެ.

އެމްއާރުޑީސީ އިން ކުރިއަށްގެންދާ މަގު ހެދުމުގެ މަސައްކަތްތަށް ގޮސްފައިވާ ހިސާބު ހިއްސާ ކުރަށްވަމުން މަމްދޫހު ވިދާޅުވީ:

ހއ. ދިއްދޫގެ 15 މަގުގެ މަސައްކަތް 85 ޕަސެންޓް

ހދ. ކުޅުދުއްްފުށީގެ 18 މަގުގެ 60 ޕަސެންޓް

ހދ. ހަނިމާދޫގެ 21 މަގުގެ 20 ޕަސެންޓް

ލ. ފޮނަދޫގެ ނުވަ މަގުގެ 98 ޕަސެންޓް

އދ. މަހިބަދޫ 19 މަގުގެ 54 ޕަސެންޓް

ބ. އޭދަފުށި 15 މަގުގެ 40 ޕަސެންޓް

ރ. މީދޫ މަގުގެ 49 ޕަސެންޓް

ރ. އުނގޫފަހަރު 14 މަގުގެ 52 ޕަސެންޓް

ފުވައްމުލަކު ރިންގު މަގުގެ 10 ޕަސެންޓް ނިމިފައިވާކަމަށެވެ.

މަސައްކަތް ކުރިއަށްދާ ރަށުގެ ތެރެއިން ހދ. ހަނިމާދޫގެ 21 މަގާއި ފުވައްމުލަކު ރިންގު މަގު ފިޔަވާ އެހެން ހުރިހާ މަގެއްގެ މަސައްކަތް މި އަހަރު ނިންމައި ހައުސިން މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށް އެމްއާރްޑީސީން ބުނެފި އެވެ. އަދި އެ ދެ ރަށުގެ މަސައްކަތް ވެސް އަންނަ އަހަރުގެ މެދުތެރޭގައި ނިންމައި ހައުސިން މިނިސްޓްރީ އާއި ހަވާލު ކުރާނެ ކަމަށް ވެސް މަމްދޫހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމްއާރުޑީސީން ވަނީ އެކުންފުނިން ރާއްޖޭގެ ފަސްދޮޅަސް ހަތް ރަށެއްގައި ހަދަމުންދާ ފުޓްސަލް ދަނޑުތަކާއި ގދ. ތިނަދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތާބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

ފުޓްސަލް ދަނޑުތަކުގެ ތެރެއިން 37 ރަށެއްގެ ސިވިލް ވޯކްސްގެ މަސައްކަތް ނިންމައި 5 ރަށެއްގެ ސިވިލް ވޯކްސްގެ މަސައްކަތް ކުރަމުން އަންނައިރު، ތިނަދޫ އިސްލާމީ މަރުކަރުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްއާރުޑީސީން ބުނެއެވެ.