English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މުހައްމަދު ޔޫސުފް ޚާން(ދިލިޕް ކުމާރު) ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

އުމުރުން 98 އަހަރުގައި ދިލިޕްކުމާރު މަރުވީ މުސްކުޅި ބަލީގެ ސަބަބުން މީހާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ދިލިޕް ކުމާރު މިއަދު މަރުވިކަން އިއުލާންކުރުމާއެކު ބޮލީވުޑްގައި މަސައްކަތްކުރާ ގިނަ ބަޔަކުވަނީ މިއީ ފިލްމީ ދާއިރާއެއް ލިބުނު ބޮޑު ހިތާމައެއްކަން ފާހަގަކޮށް އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓްކުރީ ނޭވާކުރުވެ ނޭވާ ލާން އުނދަގޫވުމުގެ ސަބަބުންނެވެ. މިދިޔަ ޖޫންމަހުގެ ކުރީކޮޅުވެސް ދިލިޕްކުމާރު ނޭވާލާން އުނދަގޫވުމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އޭރު ޑޮކްޓަރުންވަނީ އޭނާގެ ފުއްޕާމޭގައި ފެން ހެދިފައިވާ ކަމަށް ބުނެފައެވެ.

ދިލިޕް ކުމާރަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި

ދިލިޕް ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި”ޖުގްނޫ”، “ޝަހީދު”، “މޭލާ”، “އާޒާދު”، “ޝަބްނަމް”، “އަމަރު” އަދި “ދުނިޔެ” ހިމެނެ އެވެ.