English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މުހައްމަދު ޔޫސުފް ޚާން(ދިލިޕް ކުމާރު) ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ،

ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓްކުރީ ނޭވާކުރުވެ ނޭވާ ލާން އުނދަގޫވުމުގެ ސަބަބުންނެވެ. މި މަހުގެ ކުރީކޮޅުވެސް ދިލިޕްކުމާރު ނޭވާލާން އުނދަގޫވުމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އޭރު ޑޮކްޓަރުންވަނީ އޭނާގެ ފުއްޕާމޭގައި ފެން ހެދިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭރު ވެސް އޭނާގެ ސިއްހީ ހާލު އެހާ ސީރިއަސް ނޫން ކަމަށް ޑަކްޓަރުން ވަނީ ބުނެފަ އެވެ.

މިފަހަރުވެސް ދިލިޕް ކުމާރު ނޭވާކުރުވެ ނޭވާލާން އުނދަގޫވުމާއެކު އޭނާގެ އާއިލާއިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު އޭނާއަށް ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުންވަނީ ބުނެފައެވެ، “ކުރީ ފަހަރުވެސް އޭނާ އެޑްމިޓްކޮށް ފަރުވާދިނީ ނޭވާލާން އުނދަގޫވާތީ. މިފަހަރު މިހެން ދިމާވުމުން ޑޮކްޓަރުން ބޭނުންވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރަން. ޑޮކްޓަރުންގެ ބެލުމުގެ ދަށުގަ ބާއްވަން. ދިލިޕް އަށް މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅު” ހޮސްޕިޓަލާއި ހަވާލާދީ ބޭރުގެ މީޑިއާތަކުންވަނީ ބުނެފައެވެ.

ދިލިޕް ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި”ޖުގްނޫ”، “ޝަހީދު”، “މޭލާ”، “އާޒާދު”، “ޝަބްނަމް”، “އަމަރު” އަދި “ދުނިޔެ” ހިމެނެ އެވެ.