English Edition
Dhivehi Edition

ރަހީނުކޮށް މަރާލާފައި އޮއްވާ ހުޅުމާލެ ފޭސް ދޭއް ސަރަަހައްދުން ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވައިފި އެވެ.

އެގޮތުން ފުލުހުން ބުނީ އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު ހެނދުނު 10:15 ގައި މޯލްޑިވިއަންގެ ފްލައިޓެއްގައި އިންޑިއާ އަށް ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ ފޭސް ދޭއް ސަރަަހައްދުގެ މޫދުގައި އޮތް ފޮއްޓެއްގެ ތެރެއިން މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަން ހެދުމަށް އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް މިދިޔަ ހަފްތާ ތެރޭވެސް ފުލުހުންވަނީ ކޮށްފައެވެ، އެހެންނަމަވެސް ބައެއް ކަންކަން ފުރިހަމަ ކުރުމަށް ވަގުތު ބޭނުންވާތީ އެކުއްޖާގެ ޕޯސްޓްމޯޓަން ހަދަން ފޮނުވުން ވަނީ ލަސްވެފައެވެ.

ކުއްޖާ މަރާލި މައްސަލަ އާއި ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކުވަނީ ހައްޔަރުކޮށްފައެވެ،