English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީ ހިތަދޫގައި، ބިދޭސީއަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުން އިއްޔެގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބިދޭސީއަކު ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 8 އަހަރުގެ ކުޑަކުއްޖަކަށެވެ. އަދި ބިދޭސީ މީހާ ކުއްޖާއަށް ގޯނާކޮށްފައިވަނީ، އެ ކުއްޖާ ދިރިއުޅޭ ގެއަށް ގޮސްކަމަށް މައުލޫމާތު ލިބެއެވެ.

މި ކުޑަކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.

މިކަމާއި ގުޅޭގޮތުން އޭއޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ވިދާޅުވީ ދެކުނުގެ(ޏ އަދި ސ އަތޮޅު)ހިމެނޭ ސަރަހައްދުގެ ރަށެށްގެ އުމުރުން އަށް އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހަޅިފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.