English Edition
Dhivehi Edition

ރަށްރަށުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ސަރުކާރާ ހަމަޔަށް ކަންކަން ގެންގޮސްދޭނެ މަންދޫބުން ނެތް ވާހަކަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ގއ.ވިލިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ފަރާތުން ކަންތައްތަކެއް ކޮށްދިނުމަށް އެދެމެންދާ ކަމަށާއި އެ ލިސްޓް ދިގުވަނީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ކޮށްދީފައި ނުވާތީ ކަމަށެވެ. މީގެ އިތުރުން އެ މަނިކުފާނާ ހަމަޔަށް ކަންކަން ގެނެސްދޭ ނަމަ އެ ކަންތައްތައް އުފަލާއެކު އަޑުއަހައި ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ގއ. ވިލިނގިލީގައި ހުންނަ ޕީޕީއެމް ޖަގަހައިގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އައީ އެތައް ބަޔަކާ ގުޅިގެން އިހުލާސްތެރި ވެރިކަމެއް ކުރުމަށްކަމަށާއި އިދިކޮޅު ފަރާތްތަކާއެކު އެ މަނިކުފާނަށް މަސައްކަތް ކުރެއްވޭނެކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ތަފާތު ފިކުރުތަކާއި އެކު މަސައްކަތްކުރާނެ ކަމަށް ވިދާޅުވިކަމަށާއި އެހެން ނަމަވެސް ގޮނޑިން އެއްލާލައި، ކަފުން ކުރަންދެން މަޑުން ހުންނާނެކަމަށް ވިދާޅުނުވާ ކަމަށެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުކޮށްދިނުމަށް އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ރައީސްވަނީ އެދިވަޑައިގެންފައެވެ.

1 ކޮމެންޓް
ޖޮއިންޓް ވެންޗަރ
ސެޕްޓެމްބަރު 27, 2017
އެންމެ ފަހުން ތިޔަހެން މަންދޫބަކަށް ވެގެނެް އަރިހަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި އައްޝައިޚް އަލްއަަޚް ޢިމްރާން ޢަބްދުﷲ އަށް ދެއްވި ޖަވާބެއް ކަމަށް ޝެއިޚް ވިދަޅުވީ، ވިދާޅުވިއޭ އެއީ ޚާލިދުބިންވަލީދޭ. ދެން ޝެއިޚް އެއޮންނެވީ އެކަހަލަ ވާހަކަ ދައްކަވާތީ އެގާރައަހަރަށް ކަން ނޭނގޭ ޖަލަށް ލާފައި. ދެން ކިހިނެއް ކާކަށް ކެރޭނީ މަންދޫބަކަށް ވާން؟