English Edition
Dhivehi Edition

ރަހީނުކޮށް މަރާލާފައި އޮތްވާ ފެނުނު ކުއްޖާގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުންނެގި ފޮށިގަނޑެއްގެތެރެއިން މަރާލާފައި އޮއްވައި ފެނުނީ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސް ލިބިފައިވާ އިތުރު އަނިޔާ ތަކުގެ ތަޙުލީލު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ފެނިފައިވާ ކަމަށެވެ.

އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގެ މޫދުގައި އޮތް ފޮއްޓެއްގެ ތެރެއިންނެވެ.

މި މައްސަލައާއި ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ.