English Edition
Dhivehi Edition

ފުވައްމުލައް ސިޓީން ކޮވިޑް 19 އަށް ފައްސިވި މީހުންގެ ތެރެއިން ގިނަ ބަޔަކު ބަލިން ފަސޭހަ ވެއްޖެއެވެ،

ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ސިޓީން ޖުމުލަ 729 މީހުން މިހާތަނަށް ކޮވިޑަށް ފައްސިވެފައިވާއިރު އެތަނުން 617 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ.

އިއްޔެގެ ހަވީރު 5:00 އާއި ހަމައަށް ފައްސި 10 ކޭސް ފެނިފައިވާ އިރު އެއީ ފުލޫ ކުލިނިކަށް ދެއްކި 3 މީހަކާއި ކޮންޓެކްޓް ޓްރޭސިންގ އިން ނެގުނު 7 ފަރާތެކެވެ. މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި 5 ދިވެހިންނާއި 2 ބިދޭސިންނެވެ. އެއީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި 5 މީހަކާއި، ފުލޫ ކުލިނިކަށް ދެއްކި 2 މީހެކެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް 19 ގެ 113 ބަލިމީހުން މިވަގުތު ތިބި އިރު އޭގެ ތެރޭގައި ހިމެނެނީ 91 ދިވެހިންނާއި 22 ބިދޭސީންނެވެ.

މެއި މަހުން ފެށިގެން ފުވައްމުލަކުގައި ކޮވިޑް ފެތުރުން އިތުރުވެ ގިނަ އަދަދެއްގެ މީހުން ބައްޔަށް ފައްސިވުމާއި ގުޅިގެން 22 މެއި އިން ފެށިގެން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ނަމަވެސް ހާލަތު ރަނގަޅުވަމުން އަންނަން ފެށުމުން މި ހަފްތާ އިން ފެށިގެން ބައެއް ލުއިތައް ވަނީ ދީފައެވެ.