English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔަރ ބިލްޑިންގް ހެދުމުގެ މަސައްކަތް ފެށިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ބުނެފިއެވެ.

އެ މަޝްރޫއުގެ ދަށުން، ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެއެވެ. އަދި މިހާރު ކުރިއަށްދަނީ ޓާރމިނަލް ގްރައުންޑްގެ ލެވެލް ކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރަން ހަމަޖެހިފައިވެއެވެ. ފަރެސްމާތޮޑާ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް ފަށާފައި ވަނީ 16 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މޮބިލައިޒް ކޮށްފައިވަނީ 2021 ޖަނަވަރީ ފުރަތަމަ ދުވަހުއެވެ. އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެފައި ވަނީ، 2021 ނޮވެމްބަރ 11 ވަނަ ދުވަހުގެ ކުރިން މި މަޝްރޫއު ނިންމަން މަސައްކަތް ކުރާނެކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.