English Edition
Dhivehi Edition

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ އެޑްވައިޒަރީ ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފިއެވެ. އެމް .ކިއު.އޭ ގެ ބޯޑުގެ ސީއީއޯ އަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް،

އައްޔަން ކުރައްވާފައިވަނީ ޑރ.އަބްދުލްހަންނާނު ވަހީދުއެވެ. ހަންނާނަކީ މީގެ ކުރިންވެސް އެއޮތޯރިޓީގެ ސީއީއޯ ކަން އަދާކުރައްވަމުން ގެންދިޔަ ބޭފުޅެކެވެ. އަދި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް)ގެ ސީއީއޯގެ މަޤާމާއި ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ހަންނާނު ވަނީ ފުރުއްވާފައެވެ.

އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި:

  • ޑރ. މުހައްމަދު ޝަރީފް، މ.ޏަމްޏަމްގެ ވައިސް ޗާންސެލަރ / ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން ޢައްޔަންކުރާ އެއް މެންބަރު)
  • ޑރ އަހުމަދު އަލީ މަނިކު، މއ.މާނިކަ (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރުންގެ ތެރެއިން މެންބަރެއް)
  • ޑރ. އަބްދުލްހަންނާނު، ދަފްތަރު. ނަންބަރު ރސ 9682.
  • ޑރ އާއިޝަތު ރީޝާ، މ.ސްނޯޑައުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
    (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރުންގެ ތެރެއިން މެންބަރެއް)
  • މޫސާ މުހައްމަދު މަނިކު، ސޯސަންގެ/ރ.ފައިނު ޑިރެކްޓަރ / ވިލާ ކޮލެޖް
    (ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން އައްޔަންކުރާ އެއް މެންބަރު)
  • ހަދީޖާ އާދަމް، ގ.އަލަފަރު ހަޔާ އެޑިއުކޭޝަން ސްޓޭޓް މިނިސްޓަރ

(މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ އެއް މެންބަރު)

  • އާދަމް ހަލީމް، ދަފްތަރު. ނަންބަރު ރސ 2064 ޑިރެކްޓަރ އޮފް ޕްރޮގްރާމް / މޯލްޑިވްސް އިންސްޓިޓޫޓް އޮފް ޓެކްނޯލޮޖީ (ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ޢައްޔަންކުރާ އެއް މެންބަރު) ހިމެނެއެވެ.