English Edition
Dhivehi Edition

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 26 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ފައްސި ނަތީއްޖާ ލިބިފައިވާ 26 މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 24 މީހަކާއި ރެންޑަމް ސާމްޕަލިންގ ތެރެއިން ސާމްޕަލް ނެގި 02 މީހަކު ހިމެނެއެވެ. އަދި މިއަދު އެ ރަށުން 07 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބައްޔަށް ޓެސްޓްކުރުމަށްޓަކައި އެރަށުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނެގި 118 ސާމްޕަލާއެކު ޖުމްލަ 4،073 ސާމްޕަލް ނަގާފައިވާއިރު ކުރިން ނެގި ސާމްޕަލްތަކަކާއެކު 199 ސާމްޕަލެއްގެ ނަތީއްޖާ ވަނީ ނުލިބިއެވެ.

ގދ. ތިނަދޫގައި މިހާތަނަށް 344 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މީގެތެރެއިން 200 މީހުން ބަލިން ރަނގަޅުވެ މިވަގުތު ފަރުވާ ހޯދަމުންދަނީ ގދ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ހަތް މީހަކާއެކު ޖުމްލަ 144 މީހުންނެވެ. މިހާތަނަށް ތިނަދޫގައި ކޮވިޑް ބަލީގައި ނިޔާވެފައިވަނީ އެންމެ މީހެކެވެ.