English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީ ހިތަދޫން އިތުރު 20 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ 18:00 އާއި ހަމައަށް ޖުމްލަ 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނޭ 8 މީހުންނަކީ ބިދޭސީންނާއި އަދި 12 ދިވެހިންނެވެ. މިއަދު ހިތަދޫ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކީ ފްލޫ ކްލިނިކަށް ދެއްކި މީހުންނެވެ. އަދި ނުވަ މީހުންނަކީ ޕޮޒިޓިވްވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ. އަދި ރެންޑަމް ސާމްޕަލްތަކުން 9 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެވެސް ހިތަދޫ އިން 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އައްޑު ސިޓީއިން ޖުމްލަ 367 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު 292 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 73ކަށް އަރާފައިވާއިރު 02 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.