English Edition
Dhivehi Edition

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގައި މަސައްކަތްކުރި އަންހެން ދަރުމަވެރިޔަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު އަންހެން މުވައްޒަފެއްގެ ގައިގައި އަތްލާ، ޖިންސީ ގޯނާކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 20:39 ހިސާބުގައި ކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި މިމައްސަލަ މިހާރު މިނިސްޓްރީގެ ކޮމިޓީއިން ބަލަމުންދާ ކަމަށާއި ތުހުމަތުކުރެވޭ ފަރާތާމެދު ފިޔަވަޅު އަޅާނީ ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު ކޮމެޓީން މައްސަލަ ވަކިގޮތަކަށް ނިންމުމުން ކަމަށެވެ.