English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައި ތިބި މަސްވެރިންތަކެއް މަސްވެރިކަމަށް ރަށުން ބޭރަށް ފުރުމަށް ހުއްދަ ދިނުމަށް އެރަށު ޓާސްކްފޯހުން ނިންމައިފިއެވެ.

ނަން ހާމަނުކުރުމަށް އެދި އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވެފައި ވަނީ އެރަށުގައި އެންމެ ދޯންޏެއް ފިޔަވައި ދެން ތިބި ހުރިހާ ދޯންޏެއްގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައި ތިބި މަސްވެރިން ތިބި ކަމަށާއި ހުރިހާ ދޯނިތަކަށް މަސްވެރިކަމަށް ރަށުން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް މިރޭ އެރަށު ޓާސްކޮފޯހުން ނިންމާފައިވާކަމަށެވެ.

އާމްދަނީ ހޯދުމަށް މަސްވެރިކަންކުރާ ގިނަ ބަޔަކު ދިރިއުޅޭ ފަރެސްމާތޮޑާގައި މިނިންމުމާއި ގުޅިގެން މަހަށް ފުރާ ދޯނިތަކުން އެރަށުގެ 300 ވަރަކަށް މަސްވެރިން ރަށުން ފުރާނެކަމަށް ލަފާކުރެވެއެވެ.

އެރަށުގައި މިވަގުތު އޮރް ކޮވިޑް-19ގެ ބަލިމަޑުކަން މުޖުތަމައުގެ ތެރެއަށް ފެތުރެން ދިމާވި މައިގަނޑު ސަބަބަކީ ފަހިރޯޅި ނަމަކަށްކިޔާ ބޯޓަކުން މާލެއިން ދަތުރުކުރި ބަޔަކު ކަރަންޓީން ނުވެ ރަށުތެރޭގައި އުޅެން ފެށުން ކަމަށްވާތީ މިނިންމުމާއި ގުޅިގެން އެރަށުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

2 ކޮމެންޓް
Jalaal
ޖޫން 12, 2021
Habaru fathuraa mehunaai adhi nanhaama nukoh mauloomaathu foarukohdhe meehun ves thankolheh ragalhah mauloomaathu dhinumah edhen Rashah mi balimadukan aee masdhoaniakun noon. Male dhathuru kuraa boatakun.
Ma
ޖޫން 12, 2021
Masdhonnakunney mihaaru vaahaka hadhany noosverin eiy male dhathuru kura boatakun positive vi meeheh.