English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފައްސިވެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 81 އަށް އަރައިފިއެވެ.

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 15 މީހުން ބައްޔަށް ފައްސިވެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 81 އަށް އަރާފައިވާކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 05 ވަނަ ދުވަހުގެ 21:30އިން ފެށިގެން މިއަދުގެ 21:30އާއި ހަމައަށް ފައްސިވި މީހުންގެ ތެރޭގައި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 09 މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 06 މީހެއް ހިމެނެއެވެ.

ބައްޔަށް ޓެސްޓުކުރުމަށް ފާއިތުވި 24 ގަޑިއިރުތެރޭ ނެގި 54 ސާމްޕަލާއެކު ތިނަދޫއިން ޖުމްލަ 3،442 ސާމްޕަލް ނަގާފައިވެއެވެ. މީގެތެރެއިން ނަތީއްޖާ ނުލިބި މިވަގުތު 171 ސާމްޕަލެއް އެބަހުއްޓެވެ.

މިވަގުތު ތިނަދޫގައި ބައްޔަށް ފަރުވާ ލިބެމުންދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ލިބެމުންދަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ. މިފަހުން ތިނަދޫގައި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 252 ގައި ހުރިއިރު އޭގެތެރެއިން 171 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ތިނަދޫގައި ކޮވިޑް ބަލީގައި ނިޔާވެފައިވަނީ އެއް މީހެކެވެ.