English Edition
Dhivehi Edition

ގދ. ހޯނޑެއްދޫގައި ޒެޑް އެފް އެފް ފިއުލް ގެ ނަމުގައި ޕެޓްރޯލް ޝެޑެއް ހުޅުވައިފިއެވެ.

މި ޕެޓްރޯލް ޝެޑް ހުޅުވާފައިވަނީ ހޯނޑެއްދޫ ބަނދަރުގެ އުތުރުފަރާތުން ތެޔޮ ވިއްކުމަށް ޚާއްސަކުރެވިފައިވާ ބިމުގެ ސަރަހައްދުގައެވެ. ހޯނޑެއްދޫގެ ވިޔަފާރިވެރިޔާ ޢަލީ ފާއިޒުގެ ވިޔަފާރިއަށް އިތުރުވި މި ބޮޅަކީ ހޯނޑެއްދޫ އަދި މަޑަވެލީގެ ރައްޔިތުންގެ އިތުރުން ރަށާއިކައިރި އެހެން ރަށްރަށުގެ މީހުންނަށްވެސް ޕެޓްރޯލް ވިއްކޭނެ ފަދަ ބޮޑު ސްޓޯރޭޖަކާއެކު ހުޅުވާފައިވާ ތަނެކެވެ. މިތަނުގައި 20،000 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެކަމަށް ވިޔަފާރިވެރިޔާ ޢަލީ ފާއިޒު ވިދާޅުވިއެވެ. ފާއިޒު އިތުރަށް ވިދާޅުވީ ޕެޓްރޯލުގެ އިތުރުން އެތަނުން އެކިވައްތަރުގެ ފިނިކުރި ބުއިންތަކާއި ބިސްކޯދުގެ އިތުރުން ”ޝޯޓްއީޓްސް“ ލިބޭނެކަމުގައެވެ.

މި ޕެޓްރޯލްޝެޑް ހެނދުނު 7:00 އިން ފެށިގެން އާންމުކޮށް މީހުން ހޭލާ އުޅޭ ހުރިހާ ގަޑިއެއްގައިވެސް ހުޅިވިފައި ހުންނާނެއެވެ. މިއީ ހޯނޑެއްދޫގައި ޕެޓްރޯލް ވިއްކުމުގެ ހުއްދަލިބިގެން ފުރަތަމަ ހުޅުވި ޕެޓްރޯލް ވިއްކާ ތަނެވެ.