English Edition
Dhivehi Edition

ގއ.ދާންދޫގައި ކޮވިޑް ކޭސްތައް އިތުރުވެ ޖުމްލަ އަދަދު 243އަށް އަރައިފިއެވެ. އެގޮތުން ރަށުގެ އާބާދީގެ 33 ޕަސެންޓް މީހުން މިވަނީ ކޮވިޑަށް ފައްސިވެފައެވެ.

ދާދި ފަހުން ވިލިގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ދާންދޫ މީހަކު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. މީގެ އިތުރުން ހަމައެރަށު މީހަކު ވިލިގިލީ ފެސިލިޓީގައި ފަރުވާ ދިނުމަށްފަހު ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް މާލެ ގެންދިޔަ ޒުވާނަކުވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިދިޔަ އާދީއްތަ ދުވަހު ވަނީ ނިޔާވެފައެވެ.

ދާންދޫ ކައުންސިލްގެ ވެބްސައިޓުން މައުލޫމާތުލިބޭ ގޮތުގައި ދާންދޫއިން މުޅިޖުމްލަ 330 ކޭސް މިވަނީ ފެނިފައެވެ. އަދި 85 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި އެރަށުގެ 102 ގެއެއްގައި 339 މީހުން މިވަނީ ކަރަންޓީނުކުރެވިފައެވެ.