English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19ގެ ވެކްސިން ޖެހޭ އާބާދީގެ 50.2 އިންސައްތަ މީހުން ދެވަނަ ޑޯޒު ފުރިހަމަކޮށްފިއެވެ.

މިމަހުގެ 04 ވަނަ ދުވަހާއި ހަމައަށް 3،240 (ވެކްސިން ޖެހޭ އާބާދީގެ 85 އިންސައްތަ) މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާކަމަށާއި އަދި ދެވަނަ ޑޯޒު 2،375 (ވެކްސިން ޖެހޭ އާބާދީގެ 50.2 އިންސައްތަ) މީހުން ޖަހާފައިވާކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ތިނަދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒު ފުރިހަމަނުކޮށް ތިބި ފަރާތްތަކަށް ތިނަދޫ އިސްލާމިކް މަރުކަޒުގައި ކުރިއަށްދިޔަ ވެކްސިން ދިނުމުގެ ޕްރޮގްރާމް މިމަހުގެ 04 ވަނަ ދުވަހު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. އެހެންނަމަވެސް މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމަށް ނަންނޯޓްކުރުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށް 6841978 އަށް ގުޅުއްވުމަށް އެ ހޮސްޕިޓަލުން ވަނީ އާންމުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންގެ އަދަދަށް ބަލާއިރު، އިއްޔެ އާއި ހަމައަށް 310،834 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި 170،105 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.