ގއ.ވިލިނގިލިން ކޮވިޑް19 ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެ ރަށުގެ ކައުންސިލް ރައީސް ވިޝާލު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އޭއޯ ނިއުސްއަށް މަޢުލޫމާތު ދެމުން ވިޝާލު ވިދާޅުވީ، ކޮވިޑް19 ހާލަތު ދެނަގަތުމަށްޓަކައި ރަށު ތެރެއިން ރޭންޑަމް ސާމްޕަލް ތަކެއް ގޮތުގައި 200 ސާމްޕަލެއް ނެގުމުގެ މަސައްކަތް ގއ އަތޮޅު ހޮސްޕިޓަލުން ރަށުގެ އެކި ސަރައްޙައްދު ތަކުގައި މިވަގުތު ކުރިއަށް ދާނެ ކަމަށާއި ރަށުގެ ހުރިހާ ފަރާތްތަކުންވެސް ސާމްޕަލް ނަގަމުންދާ ޓީމް އަށް އެއްބާރުލުން ދިނުމަށް ވިޝާލް ވަނީ އެދިފައެވެ. .
ވިލިނގިލީގައި ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހީލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރެސިން މަސައްކަތުގެ ތެރެއިން އިތުރު ފަރާތްތަކެއް ޕޮޒިޓިވްވެ މިހާތަނަށް ޕޮޒިޓިވްވެފައިވާ ޖުމްލަ އަދަދު 65 ކަށް އަރައެވެ. އަދި ބަލިން ފަސޭހަވެ 27 ފަރާތެއް ދޫކުރެވިފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 38 އަރައެވެ.
ވިލިނގިލި ކޮވިޑް19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޭއި 15 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. އަދި އިތުރު ފިޔަވަޅެއް ގޮތުން ހަވީރު 6:00 އިން ފަތިހު 4:00 އެރަށުގައި ވަނީ ކާފިޢު ވެސް އިޢުލާން ކޮށްފައެވެ.