English Edition
Dhivehi Edition
03 ޖޫން 2021: އައްޑޫ އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އައްޑޫ އީއޯސީ

އައްޑޫ ސިޓީން މިއަދު އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާ ހަމައަށް ހިތަދޫން 01 މީހަކާއި، ހުޅުދޫން 03 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 305 އަށް އަރާފައިވާއިރު، މިހާރު ބަލިން ފަސޭހަ ނުވެ ތިބީ 121 މީހެކެވެ. މީގެ ތެރެއިން 03 މީހަކަށް ދަނީ ހަސްފަތާލުގައި ފަރުވާ ދެމުންނެވެ.

މިހާތަނަށް އައްޑޫ ސިޓީން ޖުމްލަ 4,854 ސާމްޕަލް ނަގާފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައި ވަނީ 124 ސާމްޕަލެވެ.