English Edition
Dhivehi Edition

ގދ. ތިނަދޫ ކޮވިޑް ފެސިލީޓައި ފަރުވާދެމުންދިޔަ 88 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ތިނަދޫގައި ފަރުވާދެމުންދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތިގައި އެމީހާ ނިޔާވެފައިވަނީ ފަތިހު 05:30 ގައި ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނިކޮށެވެ. އަދި މިއީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އޭ.އޯ ނިއުސް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވާ މީހާއަކީ ތިނަދޫ މީހެކެވެ.