English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާއިން ކޮވިޑް-19ގެ އިތުރު ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށް މޮނީޓަރިންގ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވަކިގޮތެއް އަންގަންދެން އެ އެޖެންސީގެ ހުއްދައެއް ނެތި އެރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރިންގ އަށް ލާފައި މިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. މިއާއެކު ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެއެވެ.

ގދ. ފަރެސްމާތޮޑާގައި ބައްޔަށް ފައްސިވެ ފަރުވާ ލިބެމުންދާ 02 މީހުންނަކީ ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގި އަންހެން މީހަކާއި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި ފިރިހެން މީހެކެވެ. މި ދެ ދިވެހިންގެ ތެރޭގައި ހައި ރިސްކް ކެޓެގަރީގެ މީހެއް ނުހިމެނޭކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން މަޢުލޫމާތުދެއެވެ.