English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާއިން އިތުރު މީހަކު ކޮވިޑް-19އަށް ފައްސިވެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 02 އަށް އަރައިފިއެވެ.

ފަރެސްމާތޮޑާގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށް މިމަހުގެ 25 ވަނަ ދުވަހު ނެގި ސާމްޕަލެއްގެ ފައްސި ނަތީއްޖާ މިއަދު ލިބިފައިވާކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ހާމަކޮށްފިއެވެ.

މިއަދު ފައްސިވި މީހާއާއެކު މިވަގުތު ގދ. ފަރެސްމާތޮޑާގައި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިވަނީ 02 އަށް އަރާފައެވެ.

ގދ. އަތޮޅުގެ ކޮވިޑް-19 ހާލަތަށް ބަލާލާއިރު މިވަގުތު މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާ ތިނަދޫގައި 101 މީހުން، ވާދޫގައި 06 މީހުން އަދި ގައްދޫގައި 03 މީހުން ކޮވިޑް-19އަށް ފައްސިވެ ފަރުވާ ހޯދަމުންދެއެވެ. އަދި ފަރެސްމާތޮޑާގެ އިތުރުން މަޑަވެލީގައި ވެސް 02 މީހަކު ބައްޔަށް ފައްސިވެ ފަރުވާ ހޯދަމުންދެއެވެ.