English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ސްކޫލް އޮފް ނަރސިންގް ތިނަދޫ ކެމްޕަސް ގައި ކިޔަވަމުންދާ ދަރިވަރުން ތިނަދޫގެ ކޮވިޑް ފްރަންޓްލައިންގައި މަސައްކަތް ކުރަން ކޮވިޑް ފްރަންޓްލައިންނާއި ގުޅިއްޖެއެވެ. ނަރސިންގް ލެކްޗަރަރ ޖީޒާ ހަސަން އާއި އައިޝަތު ޝަރުވަތު އިލްޔާސް އާއި އެކު ނަރސިންގް ކިޔަވަމުންދާ 25 ދަރިވަރުން މިއަދު ވަނީ ފްރަންޓްލައިން އާއި ގުޅިފައެވެ.

ތިނަދޫގައި ކޮވިޑްގެ ހާލަތާއި އެކު ފްރަންޓްލައިންގައި މަސައްކަތް ކުރުމަށް ސްކޫލް އޮފް ނަރސިންގްގެ ދަރިވަރުން ވަނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ތަޖުރިބާކާރު މުއައްޒަފުންނާއި އެކު އާރް އާރް ޓީ މަސައްކަތުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.

ކޮވިޑް ގެ ހާލަތާއިއެކު ތިނަދޫ މޮނިޓަރިންގް އަށް ލާފައިވާއިރު މިހާތަނަށް ވަނީ 2566 ސުންކު ނަގާފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އަލަށް 63 ސުންކު ނެގިފައިވާއިރު އަލަށް ފައްސިވި 4 ކޭސް އާއި އެކު ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 96 އަށް އަރާފައެވެ.

ތިނަދޫ ކޮވިޑް ފެސިލިޓީގައި 3 މީހުންނަށް ފަރުވާ ދެމުން ދާއިރު މި ބަލިން މިހާތަނަށް 97 މީހުން ވަނީ ރަނގަޅު ވެފައެވެ. ތިނަދޫގައި ޖުމްލަ ފައްސިވި އަދަދު 193 އަށް އަރާފައިވާއިރު 171 ސުންކުގެ ނަތީޖާ ވަނީ ނުލިބިއެވެ.