English Edition
Dhivehi Edition

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖެ އޮތްހާލަތަށް ރިއާޔަތްކޮށް މަޑަވެލި އަދި ހޯނޑެއްދޫގައި އެއްރަށުން އަނެއްރަށަށް އަރާފޭބުމަށް ދަތުރުފާހެއް ދޫކުރުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެ ދެރަށުގެ ކައުންސިލްއިން މަޝްވަރާ ކުރުމަށްފަހުގައެވެ. އެގޮތުން މި ހުއްދަ ދޭން ނިންމާފައިވަނީ ދެރަށުގެ ކައުންސިލުން އެޗް ޕީ އޭ ގެ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމަށާއި، ދެރަށަކީ ކޯޒްވޭއަކުން ގުޅާލެވިފައިވާ ދެރަށަށްވުމުން އެއްރަށުން އަނެއްރަށަށް ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރުމަށް ހުއްދައެއް ލިބިފައި އޮތުމަކީ މުހިންމު އަދި އެހާމެ ފަސޭހަ ކަމަކަށް ވެގެންދާނެތީއެވެ. ދެ ރަށުގެ ކައުންސިލްގެ ނިންމުމުގައި ފާސް ހުއްދަ ލިބޭނެ ފަރާތްތައް ފާހަގަ ކޮށްފައިވެއެވެ. އެއީ:

  1. ވަޒީފާ އަދާކުރުމަށް އެއްރަށުން އަނެއްރަށަށް ދާންޖެހޭ ފަރާތްތައް
  2. ވިޔަފާރިކުރާ ފަރާތްތައް
  3. ޑެލިވަރީގެ ޚިދްމަތްދޭ ފަރާތްތައް
  4. ކޮންޓްރެކްޓް / ސިނާޢީ މަސއްކަތްކުރާ ފަރާތްތައް
  5. ދިރިއުޅުން ދެރަށަށް ނިސްބަތްވާ މީހުން

ކޮވިޑްގެ މި ޙާލަތުން އަރައިގަތުމަށް އެޗް ޕީ އޭ އިން ވަނީ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ކަމާބެހޭ ފަރާތެއްގެ ހުއްދަނެތި ދަތުރުކުރުން މަނާކޮށްފައެވެ. އަދި މޮނިޓަރިންގ ޙާލަތުގައި އޮތްރަށަކަށް އަރާފޭބުމަކީ ޤާނޫނީ ގޮތުންމަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.