English Edition
Dhivehi Edition

ގދ. ތިނަދޫ މޮނިޓަރިންގ ހާލަތަށް ގެނައިފަހުން އެރަށުން އެންމެ ގިނަ މީހުން ކޮވިޑް-19އަށް ފައްސިވެފައިވާ 24 ގަޑިއިރުގެ ގޮތުގައި މިއަދު 17 މީހުންގެ ފައްސިވެއްޖެއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 14 މީހަކާއި ފުރަބަންދު ފުރިހަމަކުރުމަށްފަހު ސާމްޕަލް ނެގި 02 މީހެއްގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި އެކަކު މިވަނީ ބައްޔަށް ފައްސިވެފައެވެ. ޖުމްލަ 17 ކޭސްއާއެކު މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 98އަށް އަރާފައެވެ.

މިފަހުން ގދ. ތިނަދޫގައި ބައްޔަށް ފައްސިވި ޖުމްލަ 170 މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 103 މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 39 މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގި 15 މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގި 13 މީހުންނެވެ. ބަލިން ރަނގަޅުވެފައި ވަނީ 73 މީހުންނެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި މިއަދު ނެގި 62 ސާމްޕަލާއެކު ޖުމްލަ 2,353 ސާމްޕަލް ގދ. ތިނަދޫއިން ނަގާފައިވާއިރު، އޭގެތެރެއިން 108 ސާމްޕަލެއްގެ ނަތީއްޖާ ނުލިބެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގދ. ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ހަވީރު 04:00އިން ފަތިހު 04:00އަށް ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވަނީ ނިންމާފައެވެ.

1 ކޮމެންޓް
TZ
މެއި 25, 2021
The highest ws 22