English Edition
Dhivehi Edition

މަޑަވެލީގައި ހޯމް ކަރަންޓީން ގައި ހުރި އިތުރު ފަރާތެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގދ. މަޑަވެލީގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން މިމަހުގެ 22 ވަނަ ދުވަހު ނެގި ސާމްޕަލެއްގެ ފައްސި ނަތީއްޖާ މިއަދު ލިބިފައިވާކަމަށް މަޑަވެލީ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ. މިއަދު ފައްސިވި މީހާއާއެކު މިވަގުތު މަޑަވެލީގައި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދު މިވަނީ 02 އަށް އަރާފައެވެ.

މިވަގުތު ގދ. އަތޮޅުގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު ތިނަދޫގައި 89 މީހުން، ވާދޫގައި 06 މީހުން، ގައްދޫގައި 02 މީހުން، މަޑަވެލީގައި 02 މީހުން، ހޯނޑެެއްދޫގައި 02 މީހުން އަދި ފަރެސްމާތޮޑާގައި އެކަކު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދެއެވެ.

މި 101 މީހުންގެ ތެރެއިން އެއަތޮޅުގައި ހުރި ހަމައެކަނި ކޮވިޑް ފެސިލިޓީ ކަމުގައިވާ ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި މިވަގުތު 03 މީހުންނަށް ފަރުވާދެމުންދެއެވެ. ގދ. ތިނަދޫ ކޮވިޑް ފެސިލިޓީ އަކީ 23 އެނދުގެ ޖާގައިގެ ތަނަކަށް ވީނަމަވެސް ފެސިލިޓީގައި ބައްޔަށް ފަރުވާދިނުމަށް ތައްޔާރުކުރެވިފައި ވަނީ ޖުމްލަ 08 އެނދުގައެވެ. ވެންޓިލޭޓަރ ގައި ފަރުވާދެވޭނެ 02 އެނދު މީގެތެރޭގައި ހިމެނެއެވެ.