English Edition
Dhivehi Edition

ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓިސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީ އިން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓަކީ 144.8 މިލިޔަން ރުފިޔާގެ މަޝްރޫޢު އެއް ކަމަށާއި މި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޖޫން މަހު އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާ ފަރެސްމާތޮޑާ އެއަރޕޯޓްގައި 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ސާރވިސް ރޯޑް އިމާރާތް ކުރުން ހިމެނޭ ކަމަށް އެމްޓިސީސީއިން ވިދާޅުވެފައިވެއެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހު 10 ވަނަ ދުވަހުގައެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅާ އިރު، އެއަތޮޅު ގދ. ކާޑެއްދޫ އާއި ގއ. ކޫއްޑޫ އަދި މާވާރުލުގައި ވެސް އެއާޕޯޓެއް ހިންގައެވެ.