English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާއިން ކޮވިޑް-19އަށް މީހަކު ފައްސިވެއްޖެއެވެ.

ފަރެސްމާތޮޑާގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ބަލީގެ އަލާމާރްތަކެއް ހުރުމާއި ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު ނެގި ސާމްޕަލެއްގެ ފައްސި ނަތީއްޖާ މިއަދު ލިބިފައިވާކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ.

ހޯމް ކަރަންޓީނުގައި ހުރި ފަރާތުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް، ކަރަންޓީން އުސޫލުތަކާއި އަދި ކަމާއިބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަބައި ފަރުދީ ޒިންމާ އަދާ ކުރުމަށްވެސް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވަނީ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.