އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓޯކް ސިޓީ އާއި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރު މެޗު މިސީޒަންގައި ސްޕެއިންގެ ރިއަލްމެޑްރިޑް އިން ޗެލްސީ އާއި ގުޅުނު އަލްވާރޯ މޮރާޓާގެ ހެޓްރިކާއެކު ޗެލްސީ މޮޅުވި އިރު މެންޗެސްޓަރ ސިޓީއިން ފަސޭހަ ކަމާއި އެކު ކުރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.
ލީގުގައި ރޭ ސްޓޯކް ސިޓީ އާއި ޗެލްސީ ބައްދަލުކުރު މެޗު 4-0 ލަނޑުން ޗެލްސީ ކާމިޔާބު ކުރި އިރު ސިޓީއިން ވަނީ 5-0 ލަނޑުން ކުރިސްޓަލް ޕެލެސް ބަލިކޮށްފައެވެ.
ލީގުގައި ރޭ ރެކޯޑް އަގަކަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީއާ ގުޅުނު މޮރާޓާ ސެލްސީއަށް ހެޓްރިކް ފުރިހަމަ ކޮށްދީފައިވާއިރު މި ހެޓްރިކް ވެފައިވަނީ 2014 ވަނަ އަހަރު ޑިއޭގޯ ކޮސްޓާ ފަހުން ލީގުގައި ޗެލްސީގެ ފުރަތަމަ ހެޓްރިކަށެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ސްޓޯކް ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީގެ މޮރާޓާ ތިން ލަނޑު ޖަހާފައިވާއިރު ޗެލްސީގެ އަނެއް ލަނޑު ޖެހާފައިވަނީ ޕެޑްރޯ ރޮޑްރިގޭޒް އެވެ.
ލީގުގައި ސިޓީ ވަނީ ލީގު ފުލުގައި އޮތް ކްރިސްޓަލް ޕެލަސް ފަސޭހަ ކަމާއި އެކު ބަލިކޮށް ލީގުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ.މި މެޗުގައި ސިޓީގެ ރަހީމް ސްޓާލިން ދެ ލަނޑު ޖެހި އިރު ސާޖިއޯ އަގުއޭރޯ އާއި ލިރޯއި ސާނޭ އަދި ފަބިއަން ޑެލްފް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހާފައެވެ