English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލްގެ 4ވަނަ ދައުރައް އިންތިހާބުވެ ވަޑައިގަތް މެމްބަރުން ހުވާކުރައްވައިފިއެވެ،

މިހާރު ކުރިއަށްދާ ހުވާކުރުމުގެ ދަރުބާރުގައި، އަލަށް އިންތިހާބުވި މެމްބަރުންނަށް ހުވާލައިދެއްވީ ސ.ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު ހާޝީމް އެވެ.

މިދިޔަ އެޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އައްޑޫ މޭޔަރަކަށް އިންތިހާބުވެފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރުއެވެ. މީގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާއަށް އަހްމަދު ސައީދު އިންތިހާބުވިއިރު ކޮރޮވައު ދާއިރާއަށް އިބްރާހިމް ޝިނާޒު މޫސާ އިންތިހާބުވިއިރު މެދުވަލު ދާއިރާގެ ކައުންސިލަރުކަމަށް މުހައްމަދު ޝުއާއު، ރަސްގެދަރަ ދާއިރާގެ ކައުންސިލަރުކަމަށް ހުސެއިން ޒަރީރުގެ އިތުރުން ބޭރުމަތި ދާއިރާގެ ކައުންސިލަރުކަމަށް މަރްޔަމް ސައީދާ އިންތިހާބުވިއިރު މާމެންދޫ ދާއިރާއަށް އާމިނަތު އަދާލާ ރަޝީދުވަނީ އިންތިހާބުވެފައެވެ.

މަރަދޫ ދާއިރާއަށް އަހްމަދު ނާދިރު އިންތިހާބުވިއިރު މަރަދޫ ފޭދޫ ދާއިރާއަށް އިންތިހާބުވެފައިވަނީ ހާލިދާ މުހައްމަދުއެވެ. ފޭދޫ މަގުއްދޫ ދާއިރާއަށް މަރްޔަމް ސަލްމާ އިންތިހާބުވިއިރު މުހައްމަދު ފައިސަލް އިންތިހާބުވެފައިވަނީ މާދެލަ ދާއިރާށެވެ. އަދި މީދޫ ދާއިރާއަށް އާމިނަތު ސާލިޙާ އިންތިހާބުވިއރު ހުޅުދޫ ދާއިރާއަށް އިންތިހާބުވެފައިވަނީ ހުސައިން ފައިޒުއް ރަޙްމާންއެވެ.