English Edition
Dhivehi Edition

އައްޑޫ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި، ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު މޭޔަރުކަމުގެ ހުވާކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ހުވާކުރުމުގެ ދަރުބާރުގައި، އަލީ ނިޒާރަށް ހުވާލައިދެއްވީ ސ.ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު ހާޝީމް އެވެ.

އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އަލީ ނިޒާރު ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

އައްޑޫގެ މޭޔަރު ކަމަށް ވާދަކުރެއްވީ ނިޒާރުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ލަތީފާއި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ތޯހިރެވެ.