English Edition
Dhivehi Edition

ގއ ދާންދޫއިން އިތުރު 04 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކެސްތަކުގެ އަދަދު 23 އަށް އަރައިފިއެވެ.

ދާންދޫ ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުން ދިއުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރެސިން މަސައްކަތުގެ ތެރެއިން އިތުރު 04ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް ދާންދޫ ސިއްހީ މަރުކަޒުން އޭއޯ ނިއުސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ

މި ކެސްތަކާއި އެކު މި ވަގުތު ދާންދޫގައި ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ އަދަދު 23 އަށް އަރައެވެ. ޕޮޒިޓިވް ވިމީހުންގެ ތެރެއިން ހައި ރިސްކް ކެޓަގަރީގެ 2 މީހަކާއި އަދި ކުޑަކުދިންތަކެއްވެސް ހިމެނޭކަމަށް ދާންދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ.

ގއ ދާންދޫ ކޮވިޑް19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މިމަހު 12 ވަނަ ދުވަހު ވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ. މި ވަގުތު ގއ ދާންދޫ އިތުރުން ގއ ގެމަނަފުށި އަދި ގއ ވިލިނގިލި ވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

ގއ އަތޮޅު ކޮވިޑް ކޭސްތަކަށް ބަލާލާއިރު، ގއ ދާންދޫ 23 މީހަކު، ގއ ގެމަނަފުށި 20މީހުން، ގއ ކޫއްޑޫ 03 މީހުން، ގއ ވިލިނގިލިން 17މީހުން އަދި ގއ ކަނޑުހުޅުދޫއިން އެކަކު ޕޮޒިޓިވްވެފައިވެއެވެ.