English Edition
Dhivehi Edition

މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، މޭޔަރުކަމުގެ ހުވާކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ހުވާކުރުމުގެ ދަރުބާރުގައި، ޑރ. މުއިއްޒަށް ހުވާލައިދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު، ހާތިފް ހިލްމީ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 9300 އަށް ވުރެ ގިނަ ވޯޓުންނެވެ. މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް 5000 އަށްވުރެ ގިން ވޯޓު ލިބިވަޑަގަތްއިރު ދެން މޭޔަރު ކަމަށް ވާދަކުރެއްވީ އަލްހާން ފަހްމީއެވެ.

ބޮޑު ތަފާތަކުން މާލޭގެ މޭޔަރކަމަށް ޑރ.މުއިއްޒު އިންތިހާބުވިއިރު މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން، ޕީޕީއެމްގެ ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.