ގއ. ދާންދޫއިން އިތުރު 03 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކެސްތަކުގެ އަދަދު 19 އަށް އަރައިފިއެވެ.
ދާންދޫގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދިއުމާއި ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިން މަސައްކަތުގެ ތެރެއިން އިތުރު 03 ސާމްޕަލެއްގެ ނަތީއްޖާ ޕޮޒިޓިވްވެފައިވާ ކަމަށް ދާންދޫ ސިއްހީ މަރުކަޒުން ހާމަކޮށްފިއެވެ.
މި 03 މީހުންނާއެކު މިވަގުތު ދާންދޫގައި ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ އަދަދު 19 އަށް އަރައެވެ. މިރޭ ޕޮޒިޓިވްވި މީހުންގެ ތެރެއިން ހައި ރިސްކް ގެޓަގަރީ މީހަކުވެސް ހިމެނޭކަމަށް ދާންދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ.
ގއ. ދާންދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މިމަހު 12 ވަނަ ދުވަހު ވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ. މިވަގުތު ގއ. ދާންދޫގެ އިތުރުން ގއ. ގެމަނަފުށި އަދި ގއ. ވިލިނގިލި ވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.
ގއ. އަތޮޅުގެ ކޮވިޑް ކޭސްތަކަށް ބަލާލާއިރު، ގއ. ދާންދޫގައި 19 މީހަކު، ގއ. ގެމަނަފުށީގައި 17 މީހުން، ގއ. ކޫއްޑޫގައި 04 މީހުން، ގއ. ވިލިނގިލީގައި 08 މީހުން އަދި ގއ. ކަނޑުހުޅުދޫގައި އެކަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ.