އިންޑިއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އެހެން ބައްޔެއް ޖެހެން ފަށާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ބުނެފިއެވެ.
ޔޫނިއަން ހެލްތް މިނިސްޓަރ ޑޮކްޓަރ ހާޝް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގެ 6 ސްޓޭޓެއްގެ ސިއްހީ ދައިރާގެ މީހުންނާ ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ބުނެފަިއވަނީ، މި ‘ބްލެކް ފަންގަސް’ ބަލި ޖެހެނީ ކޮވިޑްޖެހި ރަނގަޅުވެފައިވާ ޑައިބެޓިކް މީހުންނަށް ކަމަށެވެ.
އެގޮތުން މިބަލި ޖެހޭކަނަށް ފާހަގަވާ ސަބަބަކަށް އޭނާ ބުނެފައިވަނީ ކޮވިޑްޖެހޭ ޑައިބެޓިކް މީހުންނަށް ސްޓެރޮއިޑްސް މާގިނައިން ބޭނުން ކުރަން ޖެހުމުން ބްލެކްފަންގަސް އެމީހުންނަށް ޖެހެނީކަމަށެވެ.
ޑޮކްޓަރުން ބުނާގޮތުގައި މި ފަންގަސްގެ ސަބަބުން ހާލު ދެރަވަނީ ޑައިބެޓީސް ހުންނަ މީހުންނާއި ދިފާއީ ނިޒާމް ދެރަވާ މީހުންގެވެ. އަދި ދިފާއީ ނިޒާމް ބާރުގަދަ ކުރަން ދޭ ބޭސްތަކުގެ ސަބަބުން މިފަންގަސްގެ ބާރުވެސް އިތުރުވާކަމަށް ޑޮކްޓަރުން ބުނެއެވެ. މިބައްޔަށް ހަމަ އެކަނި ބޭނުންވާ ބޭހަކީ Amphotericin B (އެމްޕޮޓެރެސިން ބީ) ކަމަށްޑިްކޓަރު ބުނެފައިވެއެވެ. އިންޑިއާގެ ކަރްނަޓަކާ ސްޓޭޓުން މިބަލި ފެނިފައިވަތީ ހެލްތް މިނިސްޓަރ ވަނީ “އެމްޕޮޓެރެސިން ބީ” ގެ 25000ޑޯޒް އެއަވަށަށް ބޭނުން ވާކަމަށް ބުނެފައެވެ.
އިންޑިއާ ހިމެނެނީ މިވަގުތު ދުނިޔޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސް ގައުމުގެ ގޮތުގައެވެ. އެގައުމުން މިހާތަނަށް 23.7 މިލިއަނަށް އަރަފައިވާއިރު އެގައުމަކީ ދުނިޔޭގެ އެންމެ ގިނަމީހުން ޕޮޒިޓިވްވި ދެވަނަ ގައުމެވެ.