English Edition
Dhivehi Edition
ބަހާއުއްދީން މަގު ފޮޓީ: މަރްޔަމް ސުދާ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ކާފިއުގެ ވަގުތު އިތުރުކޮށްފިއެވެ.

އައްޑު ސިޓި އާއި ފުވައްމުލަކުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ މާދަމާ އިން ފެށިގެން 7 ދުވަހުގެ މުއްދަތަށް އެ ދެ ސިޓީގައިވެސް ހަވީރު ހަޔަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި

  1. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.
  2. އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން. ފުވައްމުލައް ސިޓީގައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން
  3. އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން.
  4. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އަންގާ އެންގުންތަކާ އެއްގޮތަށް ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތަކާއި އަދި ފިހާރަތަކުން ޚިދުމަތްދިނުން، އަދި ކަނޑައަޅާފައިވާ އަދަދަށް ފިހާރަތަކަށް މީހުން ވެއްދުމަށް ސަމާލުކަންދިނުން.
  5. ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.
  6. ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތައް ކުރިއަށް ނުގެންދިއުން، މީގެ ތެރޭގައި ގިނަ މީހުން އެއްވެގެން ބާއްވާ ރޯދަވީއްލުން ހިމެނޭ.
  7. ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުން.
  8. މިސްކިތްތަކަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި، ނަމާދުކުރުމަށް އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކް އަޅައިގެން ދިއުމަށް ސަމާލުކަން ދިނުން، އަދި މިސްތަކުގައި ދަރުސް ޕްރޮގްރާމްތައް ކުރިއަށް ނުގެންދިއުން.
  9. ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ހޮޓާތަކާއި ގާޑިޔާތަކުން ޚިދުމަތްދިނުން.

ކައުންސިލުން ވަނީ މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް އިލްތިމާޒްކޮށްފައެވެ