English Edition
Dhivehi Edition
އައްޑޫ އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އައްޑޫ އީ.އޯ.ސީ)ގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އައްޑޫ އީ.އޯ.ސީ އަށް ދިމާވި ކަރަންޓުގެ މައްސަލައަކާ ގުޅިގެން އެ ސެންޓަރުގެ ޚިދުމަތްތައް މިހާރު މެދުކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ޙައްލުކޮށް، އީ.އޯ.ސީގެ ޚިދުމަތް އަލުން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން، މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކައުންސިލުން ވަނީ މަޢާފަށްވެސް އެދިފައެވެ.