English Edition
Dhivehi Edition

އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ‘ރޮހިންޖާ މުސްލިމުންނާއި އެކު ދިވެހިން’ މިނަމުގައި ހާއްސަ ޓެލަތޯންއެއް ފަށައިފި އެވެ.މި ޓެލެތޯން އަކީ މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާގެ މުސްލިމުންނާއި މެދު ހިންގާ ލާ އިންސާނީ އަމަލުތަކުގެ ސަބަބުން ބަންގަލަދޭޝަށް ހިޖްރަކުރަމުންދާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހުޅުވި ފަންޑަށް ފައިސާ ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދު ހެނދުނު 9:00 އަކުން ފެށިގެން ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޓެލެތޯންގައި ރާއްޖޭގެ ގިނަ މީޑިއާތަކުން ވަނީ ބައިވެރިވެފައެވެ.މި ޓެލެތޯނުގެ ދަށުން ރޮހިންޖާގެ މުސްލިމުންނާ ގުޅޭ ގިނަ މައުލޫމާތުތަކާއި އެ މީހުންނަށް އެހީވުމަށް އެކި ރަށްރަށުގައި ހިންގާ ހަރަކާތްތައް މައުލޫމާތު ގެނެސްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

ރޮހިންޖާ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތް މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.