English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓްކުރަން ނެގި ސާމްޕަލެއް އާރްއާރްޓީގެ މެންބަރަކު ބަންދު ކުރަނީ - ފޮޓޯ: މިހާރު

ގދ. ގައްދޫ އިން ކޮވިޑް-19 އަށް ފައްސިވެފައިވެ ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 04 އަށް އަރައިފިއެވެ.

އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމާއި ގުޅިގެން ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ފައްސި ވެފައި ވަނީ މިމަހުގެ 08 ވަނަ ދުވަހުގައެވެ. އަދި އެ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް ހޯދުމުގެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މީހުން ބައްޔަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 01 ސާމްޕަލެއްގެ ފައްސި ނަތީއްޖާ މިއަދު ހެނދުނު ލިބިފައިވާކަމަށް ގދ. ގައްދޫ ސިއްޙީ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.

އެރަށުގައި ކޮވިޑް-19ގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ގދ. ގައްދޫ ސިއްޙީ މަރުކަޒުގެ މީޑިއާ ކޯޑިނޭޓަރ އާމިނަތު ރަޝީދާ ވިދާޅުވީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 04 މީހުންގެ ވެސް ހާލަތު ރަނގަޅު ކަމަށާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓި ފަރާތްތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށެވެ. ފައްސިވި 04 މީހުންގެ ތެރޭގައި ހިމެނެނީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ނެގުނު 01 ސާމްޕަލާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރުވުނު 03 ސާމްޕަލެއްކަން އާމިނަތު ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

މިވަގުތު ގދ. އަތޮޅުގެ ގައްދޫ އަދި ވެރިކަން ކުރާ ރަށް ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ. މީގެ އިތުރުން ގދ. ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތެއް ފެނި ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށް އެބަދެއެވެ.