ގދ. ހޯނޑެއްދޫގައި ހޯމް ކަރަންޓީން ގައި ހުރިފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހޯނޑެއްދޫ ހެލްތް ސެންޓަރުން ހާމަކޮށްފިއެވެ.
އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގދ. ހޯނޑެއްދޫ ސިއްހީމަރުކަޒުގެ ޕަބްލިކް ހެލްތާއި ހަވާލުވެ ހުންނެވި އިފާޝާ ޝަރީފް ވިދާޅުވީ އެފަރާތަކީ މިމަހުގެ 7 ވަނަ ދުވަހު މާލެއިން އައިސް ހޯމް ކަރަންޓީން ވެފައިވާ ބައެއް ކަމަށެވެ. އަދި ރޯގާގެ އަލާމާތެއް ހުރިކަން ފާހަގަކުރެވިގެން އެފަރާތުން ރިޕޯޓް ކުރުމުން ރޭ އިރާކޮޅު އެތަނުން އެކެއްގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ. ނެގި ސާމްޕަލް ޕޮޒިޓިވް ވުމާ ގުޅިގެން އެ ފަރާތާ އެއްވެސް ކޮންޓެކްޓެއް ހުރިތޯ ބަލަމުންދާ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް ހޯނޑެއްދޫގައި ހޯމް ކަރަންޓީން ގައި ހުރިފަރާތެއްގެ ސަބަބުން ރަށުގައި ބަލި ފެތުރި ދޮޅުމަސް ދުވަސް ވަންދެން މޮނިޓަރިންގ ގެ ހާލަތުގައި ބޭއްވުނެވެ. އެފަހަރު 40 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ.