ލިޔުނީ: މުޙައްމަދު ހިޛްޔަމް ޙާމިދް
ސިލިންކޯ އިންޝުއަރެންސް އިން ސ.މީދޫގައި އެވެއާނެސް ޙަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. އިއްޔެ ހަވީރުން ފެށިގެން މިއަދު ހަވީރު 18:30އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ޢާންމުންނަށް ސިލިންކޯއިން ދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީ، ވަގުތުން ވަގުތަށް އިންޝުއަރެންސްގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތް ހަދައިދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ސިލިންކޯގެ ޚިދުމަތްތަކުގެ އަގުތަކަކީ:
175 ރުފިޔާއަށް ސައިކަލު ސްޓިކާރ
750 ރުފިޔާއަށް ޕްރައިވެޓް ކާރު ސްޓިކާރ
1000 ރުފިޔާއަށް ޓެކްސީ ކާރު ސްޓިކާރ
1000 ރުފިޔާއަށް ޕްރައިވެޓް ޕިކަޕް ލޮރީ ސްޓިކާރ
އަދި 1500 ރުފިޔާއަށް ޓެކްސީ ލޮރީ ސްޓިކާރގެ ޚިދުމަތެވެ.
އިއްޔެ ހަވީރު ސިލިންކޯއިން ޙަރަކާތްތެރިވީ ސ.މީދޫ ޝޫޓްސް ފިހާރަ ކައިރީގައެވެ. އަދި މިއަދު ޙަރަކާތްކުރިއަށް ގެންގޮސްފައިވަނީ މީދޫ ބީއެމްއެލް ބްރާންޗް ކައިރީ، ސ.އަތޮޅު ސްކޫލް ކުރިމަތީގައެވެ.
ސިލިންކޯގެ އައްޑޫ ބްރާންޗް މެނޭޖަރު މުވައްހިދު މުޖުތަބާ ވިދާޅުވި ގޮތުގައި މި ޙަރަކާތް އަދި އެހެން ދުވަހަކުން ވެސް ކުރިއަށް ގެންދެވޭނެއެވެ.
ސިލިންކޯގެ އައްޑޫ ބްރާންޗް ހުންނަނީ ހިތަދޫ ލިންކް ރޯޑް، ގްރައުންޑް ޒީރޯ އިމާރާތުގައެވެ. މިއީ ލަންކާގެ 1ވަނަ ލައިފް އިންޝުއަރެންސް ކުންފުންޏެވެ.