އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ދަތުރުކުރުމުގެ ހުއްދަ، އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ވައިބަރ ކުރުމުން ލިބޭނެ ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ޟަރޫރީ ބޭނުންތަކަށް އެއްގަމު ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން 7799851 އަށް ވައިބަރ މެދުވެރިކޮށް ހުއްދައަށް އެދި މެސެޖުކުރުމުން ހުއްދަ ލިބޭނެ ކަމަށެވެ. އަދި ވައިބަރ މެދުވެރިކޮށް ފޮނުވާ މެސެޖުގައި ދަތުރުކުރާ ފަރާތްތަކުގެ ނަމާއި އައިޑީ ކާޑު ނަންބަރާއި، ވެހިކަލް ނަންބަރ، ދަތުރުކުރާ ބޭނުން އަދި ދަތުރު ފަށާ ގަޑި އާއި ދަތުރު ނިމޭ ގަޑި ހިމެނުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
To obtain permits for essential travel within the connected towns of #AdduCity, Viber to 7799851 with the following details:
– Vehicle number
– Purpose of travel
– Time frame of journey
– Name(s) and ID card number(s) of traveler(s) pic.twitter.com/5rjXgyCItF— Addu City Council (@AdduCityCouncil) May 5, 2021
އައްޑޫ ސިޓީން ކޮވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނުމާ ގުޅިގެން މުޅި ސިޓީ ވަނީ މިހާރު މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އައްޑޫ ސިޓީގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 27 އަށް އަރައިފައެވެ.