English Edition
Dhivehi Edition

މީގެ 08 ވަރަކަށް މަސްދުވަސް ކުރިއެވެ. މާލެއިން ދަތުރުކުރި ބޯޓެއްގެ ފަޅުވެރިއަކު ނޭފަތް މާބޮޑަށް ދުޅަވެގެން ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދެއްކުމާއި ގުޅިގެން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން އެ ހޮސްޕިޓަލުން ހެދި ޓެސްޓުގެ ނަތީއްޖާ ފައްސިވުން ވެގެން ދިޔައީ ނައްސި ވިސްނުން ގެންގުޅޭ ތިނަދޫ ރައްޔިތުންނަށް ބޮޑު ސިހުމެއް ގެނުވި ކަމަކަށެވެ.

ގެ ކައިރީ ހުންނަ ގެއެއްގެ އުމުރުން ދުވަސްވީ މީހެކެވެ. ސްކޫލް ދައުރުގެ ގާތް ރައްޓެއްސެއްގެ ބައްޕައެވެ. ސަލީމް މިސްކިތުން ފެންނަ މޫނެކެވެ. ބައެއް ހުކުރު ދުވަސް ދުވަހު އެއް ސުފުރާއެއް މަތިން ކައިބޮއި ހެދި، މީހުންނާ ގުޅޭ ހެޔޮ މީހެކެވެ. އެހެން މީހުންނަށްވުރެ ބޮޑަށް ހަމަގައިމުވެސް އަޅުގަނޑު އެ ބޭބެ ކޮވިޑް ބަލި ޖެހުނު ޚަބަރު އަޑުއިވުމުން އެކަމާއި ކަންބޮޑު ދެރަ ވީމެވެ. އެހެން މީހުން ކަންބޮޑު ނުވާ ވާހަކައެއް ނޫނެވެ.

އެހެންނަމަވެސް އެ ދަނޑިވަޅުގައިވެސް ތިނަދޫގެ ބައެއް މީހުން ބެލީ އޭގެ ކުރީގެ ހަފްތާ ބަންދުގައި ތިނަދޫގައި ކުރިއަށްދިޔަ ޕީ.ޕީ.އެމް ގެ މުޒާހަރާއަކަށް އެ ބޭބެ ދިޔުމާއި ގުޅިގެން ކޮންމެވެސް މޮޅު އެއްޗެކޭ ކިޔައިގެން ބޭބެ ދަށް ކޮށްލެވޭތޯ، މީސްމީޑިއާ ތަކުގައި ދޮގު ވާހަކަތައް ފެތުރުމަށެވެ. ބައެއް މީހުންގެ އާދަތާއެވެ.

ކޮންމެއަކަސް ގިނަ ބަޔަކަށް ކޮވިޑް އަކީ ބަލީގެ ނުރައްކާ ބޮޑު، ސީރިއަސް ބައްޔެއްކަން ގަބޫލުކުރެވެން ފެށުނެވެ. ވަކިވަކި ފަރުދުންނަށް މި ބަލިން ރައްކާތެރިވުމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތައް އަޑުއެހިއެވެ. އެދުވަސްވަރު މަގުމަތީގައި އާއްމުން އެއްވެ އުޅޭ އުޅުން މަދުވިކަން ފާހަގަވިއެވެ.

ތިނަދޫގައި ކޯވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ މިހާރު މިވަނީ 08 މަހަށް ވުރެ ގިނަ ދުވަސްވެފައެވެ. ގިނަ ދުވަސްތަކަކަށްފަހު މިހާރު ތިނަދޫގައި މިވަނީ މިބަލީގެ ނުރައްކާ އިތުރަށް ބޮޑުވެފައެވެ. ނުރައްކަލުގެ ރަނގަބީލު ޖެހެން އުޅޭހެން ހީވިއަސް މިއީ އަޅުގަނޑަށް އެކަނި ހީވާ ހީވުމަކަށް ވެސް ވެދާނެއެވެ. ހަގީގަތަކީ ރާއްޖެއިން މިބަލީގެ ނުރައްކާ އެންމެ ބޮޑުވި އިރުވެސް ތިނަދޫގައި މިބަލި ނުފެންނަ އަދަދަކަށް މިހާރު މިބަލި ޖެހިފައި ތިނަދޫގައި ތިބި މީހުންގެ އަދަދު ރިކޯޑް އަދަދަކަށް މައްޗަށް އަރާފައިވާ ކަމެވެ.

ކޮވިޑަކީ ނުރައްކާތެރި ސީރިއަސް ބައްޔެއްގެ ގޮތުގައި ތިނަދޫ މީހުން ކުރިން ދެކުނު ނަމަވެސް މިހާރު މިއީ މާ ބޮޑުކަމަކަށް ތިނަދޫ މީހުންނަށް ނުވާކަން އެކި ހިސާބުތަކަށް ނަޒަރު ހިންގާލުމުން އެނގިގެން ދެއެވެ. އެތައް ބަޔަކު އެއްތަނަކަށް އެއްވެ ގްރޫޕް ހަދައިގެން ކޮފީބޮއެ އެބަޔަކު ބޭނުންކަމެއް ކުރަނީއެވެ. ފިނި ބުރުތަކާއި ރޯދަވީއްލުން ތަކަށް ކޮންމެ ދުވަހު މުޅިން އައު ބަޔަކާއި އެކީ ދެވޭތޯ ބަލަނީވެ.

ކުޅިވަރު މުބާރާތްތައް ހަމަ އެއްވެސް ގޮތަކަށް ނެތީތޯ ސޯޝަލް މީޑިއާގައި ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލައި އަޑުގަދަކުރާ ޒުވާނުންނެވެ. މާސްކް އެޅުމަކީ މަޖްބޫރު ކަމެއްގެ ގޮތުގައި އޮތް ނަމަވެސް އެކަން ކުރަނީ އެމީހަކު އެ ގަޑިއެއްގައި ހިތަށް އެރި ގޮތަކަށެވެ. މިއީ އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫންކަމަށް ޤަބޫލުކުރާ މީހުން ތިބިއިރު މިއީ ބައްޔެއް ނޫންކަމަށް ގަބޫލުރާ ތިނަދޫ މީހުންގެ އަދަދު މާ މައްޗެވެ.

ފާއިތުވެދިޔަ 10 ދުވަހެއްގެ ތެރޭގައި މިބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 29 އަށް އަރާފައެވެ. ރޭ ތިނަދޫއިން އެންމެ ފަހުން މިބަލި ޖެހުނު މީހާއާއެކު ތިނަދޫގައި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 100 އަށް އަރާފައެވެ. ބަލި ޖެހޭ ކޮންމެ ގެއަކުން އެ އަންނަނީ އައިލާގެ ހުރިހާ މެމްބަރުންނަށް ބަލި ޖައްސާ މުޅި އާއިލާ އެއްކޮށް ހާސްކަމުގެ ތެރެއަށް ވައްޓާލުމުންނެވެ.

ބައެއް މީހުންގެ ވިސްނުމަކީ މި ބަލީގައި ހާލު ބޮޑުވެ ދުނިޔެއާއި ވަކިވެ ދަނީ ހަމައެކަނި ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ މީހުން އެކަނި ކަމަށެވެ. ނޫނެކެވެ. މިބަލި ތަހައްމަލު ކުރި ޒުވާނުންގެ ވެސް ހާލު ދަށްވެ އައި.ސީ.ޔޫ. އަށް ލާން ޖެހުނު ޒުވާނުންގެ އަދަދު މަދެއް ނޫނެވެ. އަދި އެ ޒުވާނުން ތަޖުރިބާކުރަން ޖެހުނު ބިރުވެރިކަމާއި ނުރައްކަލުގެ ވާހަކަތައް އެކިއެކި ޕްލެޓްފޯމްތަކުގައި ފެންނަން އެބަހުއްޓެވެ. ހަމައެކަނި އެރަށެއްގެ މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރާ އެއްޗެހި ނުބަލާ ރާއްޖޭގެ އެހެން ރަށްރަށާއި އަތޮޅުތަކުގެ އިތުރުން ދުނިޔޭގެ އެކިއެކި ގައުމުތަކުގައި މިބަލީގެ ވޭން ތަޙައްމަލުކުރި މީހުންގެ އިހުސާސްތަކާއި ކުރި ތަޖުރިބާތައް ބަލާލާށެވެ.

ތިނަދޫގައި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ހޯމް ކަރަންޓީން ފުރިހަމަކުރި މީހަކު ފިޔަވައި ދެން ތިބި މީހުންގެ އިހުމާލު އޮވެގެން މިވަގުތު މިބަލި ތިނަދޫގައި ފެތުރެމުންދާ ކަން ގަބޫލުކުރާށެވެ. އެއީ އެމީހާ ފިޔަވައި ދެން ތިބި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކަށް މިހާރު މިބަލި ޖެހެމުން ދާތީއެވެ. އަދި ވަކި ތަރުތީބެއް ނެތި ނަގަމުން އަންނަ ސާމްޕަލްތައް ވެސް މި ބައްޔަށް ފައްސި ވަމުން ދާތީއެވެ.

ސޯޝަލް މީޑިއާގައި ސަކަރާތްޖަހާ މަޖާ ޕޯސްޓްތައް ޝެއަރ ކޮށްލާ ހިތްހަމަޖައްސާލައިގެން ގޭގައި މިވަގުތު މަޑުކޮށްލާށެވެ. ފަރުދީ ޒިންމާއޭ ކިޔާ ސީރިއަސް ކޮމެންޓްތަކެއް ކޮށްފައި ގޮސް ޖަމާއަތް ހަދާލައިގެން ކޮފީ ބޯން ތިއްބަސް ފަރުދީ ޒިންމާ އަދާކުރެވުނީކީ ނޫނެވެ. ފަރުދީ ޒިންމާ އަކީ ފޭސްބުކްގައި ކުރާ ޕޯސްޓަކުން އަދާކުރެވޭ އެއްޗެއް ކަމަށް ގަބޫލު ނުކުރާށެވެ.

ތިނަދޫގައި މިބަލީގައި މީހަކު އަޅުގަނޑުމެންނާއި ވަކިވެގެން ދާން ޖެހިފައި ނުވުމަކީ ﷲ ގެ ހަޟްރަތުގައި ޝުކުރުކުރަން ޖެހޭ ވަރުގެ ކަމެކެވެ. ތިނަދޫގައި ނޫން ކަމުގައި ވިއަސް ތިނަދޫ މީހުން މިބަލީގައި ވަނީ އާއިލާއާއި ގާތް އެކުވެރި ރައްޓެހިންނާއި ވަކިވެގެން ގޮސްފައެވެ. ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ.

ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި ބައްދަލު ނުކުރާށެވެ. ކޮންމެހެން ދާންޖެހޭ ތަނަކަށް މެނުވީ ގެއިން ބޭރަށް ނުދާށެވެ. ބޭރަށް ދިޔަޔަސް މާސްކް އަޅާށެވެ. މާސްކް އަޅާއިރު ނޭފަތާއި ދަތްދޮޅި ރަނގަޅަށް ނިވާކުރާށެވެ. ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮންނާށެވެ. ގައިދުރުކަން ބަހައްޓާށެވެ. އެމީހަކާއި ބައްދަލުވާ މީހުންގެ އަދަދު ވީހާވެސް މަދުކުރާށެވެ. ސިއްހީ މާހިރުންގެ ވާހަކަތައް އަޑު އަހާށެވެ.

މިއީ ހަމައެކަނި އަޅުގަނޑާއި އަޅުގަނޑުގެ ރައްޓެހިންގެ ރައްކާތެރިކަމަށް ދައްކާ ވާހަކައެއް ނޫނެވެ. މުޅި މުޖްމަތައާއި ތިނަދޫ އެންމެހާ ބޭފުޅުން ދެކެ ލޯބިވާތީ އާދޭހާއި އެކު ބުނާ އެއްޗެކެވެ. ކޮވިޑަކީ ތަޖުރިބާކޮށްލަން ވެސް ރަނގަޅު ކަމެއް ނޫނެވެ.

5 ކޮމެންޓް
ކައުންސިލު އަމުޖަދުއަށް
މެއި 11, 2021
އަލީ އަމުޖަދަކަށް ނޭގޭތަ ޕެންޑަމިކްއަކަށް ވަނީ އެހެންވެކަން. އެއްފަހަރާ ފެތުރެންޏާ ފަރުވާ ނުދެވޭނެކަމާއި މުޅިސިސްޓަމު ބޮއްސުންލާނެ ކަން އެކިޔަނީ ކީ ނޫންތަ؟ އަމުޖަދު ހީވާކަަހަލަ މީއެއްވެސް އެއްޗެއް ނޫނޭ ބުނަން އުޅޭހެންވެސް. ދެން ހުސް ފަރުދީ ޒިންމާއެއް ނޫން މީގައި އޮންނަނީ ވެރިންގެ ޒިންމާވެސް އޮވޭ. އެހެން ނޫނިއްޔާ ރައްޔިތުން އަމިއްލައަށް ހުރިހާ ކަމެއް މެނޭޖް ކުރާނީ ދެއްތޯ؟ ކައުންސިލުން އިއުލާނުގަނޑެއް ހިއްޕާނުލެވުމުގެ ސަބަބުން މީހުން ނުރައްކަލަށް ހުށަހެޅިފައި އެބަހުރި. ބައެއް މީހުން ފަރުދީ ޒިންމާ އަދާ ނުކުރާއިރު ފަރުދީޒިންމާ އަދާކުރަން ތިބި މީހުންނަށް ދޭނެ ބޮޑު އެއްބާރުލުމެއް އިއުލާނު ހަރުކުރުމަކީވެސް. ތިއިންގެއަކަށް މީހަކު ވަދެ ނުކުންނަކަންވެސް ތިތަންތަނުގައި މީހުން ފަރުވާ ކުޑަޔަސް އެއިންތަނެއް ވަކި ކުރަން އެހެންމީހަކަށް މިހާރަކު ނުވެސް އިނގޭ
ތަސް
މެއި 11, 2021
އަލީ އަމުޖަދަކަށް ނޭގޭތަ ޕެންޑަމިކްއަކަށް ވަނީ އެހެންވެކަން. އެއްފަހަރާ ފެތުރެންޏާ ފަރުވާ ނުދެވޭނެކަމާއި މުޅިސިސްޓަމު ބޮއްސުންލާނެ ކަން އެކިޔަނީ ކީ ނޫންތަ؟ އަމުޖަދު ހީވާކަަހަލަ މީއެއްވެސް އެއްޗެއް ނޫނޭ ބުނަން އުޅޭހެންވެސް. ދެން ހުސް ފަރުދީ ޒިންމާއެއް ނޫން މީގައި އޮންނަނީ ވެރިންގެ ޒިންމާވެސް އޮވޭ. އެހެން ނޫނިއްޔާ ރައްޔިތުން އަމިއްލައަށް ހުރިހާ ކަމެއް މެނޭޖް ކުރާނީ ދެއްތޯ؟ ކައުންސިލުން އިއުލާނުގަނޑެއް ހިއްޕާނުލެވުމުގެ ސަބަބުން މީހުން ނުރައްކަލަށް ހުށަހެޅިފައި އެބަހުރި. ބައެއް މީހުން ފަރުދީ ޒިންމާ އަދާ ނުކުރާއިރު ފަރުދީޒިންމާ އަދާކުރަން ތިބި މީހުންނަށް ދޭނެ ބޮޑު އެއްބާރުލުމެއް އިއުލާނު ހަރުކުރުމަކީވެސް. ތިއިންގެއަކަށް މީހަކު ވަދެ ނުކުންނަކަންވެސް ތިތަންތަނުގައި މީހުން ފަރުވާ ކުޑަޔަސް އެއިންތަނެއް ވަކި ކުރަން އެހެންމީހަކަށް މިހާރަކު ނުވެސް އިނގޭ
Al jameel
މެއި 3, 2021
bigaru council ge raees thikamaa keekey bunanee. protin aai cholesterol kaashey anekka nubuneubtha thikamaa gulhigen
...
މެއި 3, 2021
ކަލޯ.. ރީތި ގޮތަކަން އިބާރާތެ ކޮޓެފެއި ޙަބަރެ ލިޔުމާ އޭބުއަސް ނޫސްވެރިއަކަން ވެހުޓެ ފަރުދީ ޒިއްމާއެކެ. 'ބަލި ޖެހޭ ކޮންމެ ގެއަކުން އެ އަންނަނީ އައިލާގެ ހުރިހާ މެމްބަރުންނަށް ބަލި ޖައްސާ މުޅި އާއިލާ އެއްކޮށް ހާސްކަމުގެ ތެރެއަށް ވައްޓާލުމުންނެވެ' އެ އިބާރާތާ އެއޮއްތޫ އެންމެ ރަނގަޅަން ހޭ؟
އަލީ އަމްޖަދު
މެއި 3, 2021
ކޯވިޑް-19 ބަލީގައި މިދުނެޔެއިން މަރުވި ބަޔަކު މަރުވީ،ކޮރޯނާ ވައިރަހުގެ ސަބަބުންނޫނެވެ. ފަރުވާ ނުދެވިގެންނެވެ. ކޯވިޑް-19 ޖެހިގެން ރަގަޅުވި ބަޔަކު ރަގަޅުވީ، ބޭސް ފަރުވާ އަކުންނޫނެވެ. އެމީހެއްގެ އަމިއްލަ ދިފާޢީ ނިޒާމުގެ ރަގަޅު ކަމުންނެވެ. ފަހުން މިކަންތައް މާޒީވެދާނެއެވެ. ލައްކަ މަންޒަރެއް ފެންނާނެއެވެ. ލައްކަ ތަޖްރިބާއެއް ލިބޭނެއެވެ. އެހެންނަމަވެސް ދިފާޢު އަކީ ކޮބައިކަން ދިރިތިބި ބަޔަކަށް ޔަޤީންނުންވެސް ސާފުވާނެއެވެ. ތިބާގެ ހިޔަނި ހުރި ގޮތާއި، ހުރީ ކުރިމަތީގަތޯ ނޫނީ ފަހަތުގަތޯ ނުވަތަ ސައިޑެއްގަތޯ ނިންމަން އިރަށް ދޫކޮށްނުލާށެވެ. ރައްކާތެރިވާން ދުނިޔޭގެ އެންމެންވެސް އަމަލުކުރަނީ އެއް ގައިޑްލައިން އެކެވެ. އެ ގައިޑްލައިނުގައި ހުރީ، މުޅިންވެސް ފަރުދީ ޒިންމާއެވެ.