English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ތިނަދޫ މޮނޮޓަރިންގ އަށް ލާފައި ވަނީ 24 އެޕްރީލް 2021 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 23:35 ގައެވެ.

އެއީ 22 އެޕްރީލްގައި ހޯމް ކަރަންޓީން ނިންމުމަށްފަހު ނެގި 02 ސާމްޕަލެއްގެ ނަތީއްޖާ ފައްސިވެ އެފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް ބެލުމުގެ މަސައްކަތުގެ ތެރެއިން 01 ފަރާތެއްގެ ސާމްޕަލްގެ ނަތީއްޖާ ކޮވިޑް-19 އަށް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 03 އަށް އެރުމާއި ގުޅިގެންނެވެ.

މޮނިޓަރިންގއަށް ލިކަން އާންމުންނަށް އެނގުނު ހިސާބުން ފެށިގެން ރަށުތެރޭގައި ހޯމް ކަރަންޓީނުގައި މީހުން ފަރުވާކުޑަކޮށް ގައިޑްލައިންތަކާއި ހިލާފުވިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެފަދަ ކަންތައްތައް ނުކުރުމަށް އެދި މީސްމީޑިއާގައި ރައްޔިތުންގެ ޕޯސްޓްތައް އާއްމުވާން ފެށިއެވެ. ރާއްޖޭގެ އެކިއެކި މީޑިއާތަކުގައި މިކަމުގެ ޚަބަރުތައް ލިޔަމުން ގެންދިޔައިރު ތިނަދޫއަށް ނިސްބަތްވާ ދެތިން އޮންލައިން މީޑިއާތަކުގައި މިކަމަށް ހާއްސަ ރިޕޯރޓްތައް ވެސް ނެރުނެވެ. ތަކުލީފާއި ވޭން މުޅި ރަށަށް އޮތްކަމަށް ބުނެ ކަރަންޓީނަށް ސަމާލުވުމަށް އެދިއެވެ.

އެހެންނަމަވެސް ތިނަދޫ އިން ފަހުން މިފެނުނު ކޭސް 05 ގެ ތަފްސީލެއް ގެނެސްދޭނެ މީޑިއާއެއްވެސް މުއައްސަސާއެއް ވެސް ތިނަދޫގައި ނުވިތާއެވެ. ތިނަދޫގައި މިވަގުތު ފެންނަމުން މިދާ ކޮވިޑް-19ގެ ކޭސްތަކުގެ ހަބަރުތައް ގެނެސްދެމުން އައި ނޫސްވެރިއަކަށް ވެފައި އަޅުގަނޑާއި އެތައް ބަޔަކު ކޭސް 05 ގެ މަޢުލޫމާތު އަހަމުން ގެންދެއެވެ. ކޭސް 05 އަށް ވީގޮތެއް އޮޅުންފިލާ ވަރުގެ ޚަބަރެއް ޕަބްލިޝް ނުކޮށްގެން ތިނަދޫގެ އެތައް ބަޔަކު ޝަކުވާ ކުރަމުންދެއެވެ.

އެހެންކަމުން އާންމުންނަށް ތެދު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގެ ނިޔަތުގައި، ތިނަދޫގައި ގާއިމްވެފައިވާ ސަރުކާރު އެކިއެކި މުއަައްސާތަކުގެ އިތުބާރުކުރެވޭ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ގުޅައިގެން ކޭސް 05 ގެ މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ލިބުނު މަޢުލޫމާތެއް ތިޔަ ބޭފުޅުންނާއި ޙިއްސާކޮށްލާނަމެވެ. އެކަމަކު ކޭސް 05 އަށް ވީގޮތް ބަލާލުމުގެ ކުރިން ފުރަތަމަ ހުރިހާ ކޭސްތަކެއްގެ ތަފްސީލަށް ބަލާލާނަމެވެ.

ކޭސް 01 އަދި 02

  • 22 އެޕްރީލް ގައި ހޯމް ކަރަންޓީން ފުރިހަމަކުރި 02 ފަރާތެއް
  • ސާމްޕަލް ނެގީ: 22 އެޕްރީލް
  • ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލު ޕޭޖުގައި މަޢުލޫމާތު ޙިއްސާކުރީ: 24 އެޕްރީލް (ހޮނިހިރު) 23:01 ގައި

ކޭސް 03

  • ކޭސް 01 ގެ ޑައިރެކްޓް ކޮންޓެކްޓެއް
  • ސާމްޕަލް ނެގީ: 24 އެޕްރީލް
  • ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލު ޕޭޖުގައި މަޢުލޫމާތު ޙިއްސާކުރީ: 24 އެޕްރީލް (ހޮނިހިރު) 23:01 ގައި

ކޭސް 04

  • ކޭސް 01 ގެ ޑައިރެކްޓް ކޮންޓެކްޓެއް
    • ސާމްޕަލް ނެގީ: 26 އެޕްރީލް
  • ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލު ޕޭޖުގައި މަޢުލޫމާތު ޙިއްސާކުރީ: 26 އެޕްރީލް (ހޯމަ) 11:23 ގައި

ކޭސް 06

  • 22 އެޕްރީލް ގައި ހޯމް ކަރަންޓީން ފުރިހަމަކުރި ފަރާތެއް (އިންޑިއާ ރައްޔިތެއް)
  • ސާމްޕަލް ނެގީ: 26 އެޕްރީލް
  • ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލު ޕޭޖުގައި މަޢުލޫމާތު ޙިއްސާކުރީ: 29 އެޕްރީލް (ބުރާސްފަތި) 09:17 ގައި

ކޭސް 07، 08، 09 އަދި 10

  • ކޭސް 06 ގެ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް
  • ސާމްޕަލް ނެގީ: 26 އެޕްރީލް
  • ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލު ޕޭޖުގައި މަޢުލޫމާތު ޙިއްސާކުރީ: 29 އެޕްރީލް (ބުރާސްފަތި) 09:17 ގައި

ކޭސް 05

މި ކޭސް އާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މިއަދު ވެސް ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އަދި ގދ. ތިނަދޫ ކައުންސިލުގެ ރައީސްއާއި ސުވާލުކޮށްލުމުން އެފަރާތްތަކަށް މި ކޭސްގެ މަޢުލޫމާތު ލިބިފައި ނުވާކަން ފާހަގަވިއެވެ. އެއީ ދިވެހި ރައްޔިތެއްތޯ ނުވަތަ ބިދޭސީއެއްްތޯ ސުވާލުކޮށްލުމުން، ޖަވާބު ދެވޭވަރަށް ހޮސްޕިޓަލުގެ ކޮވިޑް ފޯކަލް ޕޮއިންޓުން މަޢުލޫމާތު ނުލިބި ހުރިކަންވެސް އެނގިގެން ދިޔައެވެ.

މިއީ އާންމުންނާއި ހިއްސާ ނުކުރެވޭ ވަރުގެ މަޢުލޫމާތެއް ނޫނެވެ. އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަރާތްތަކުން އެނގެން ބޭނުންވި މަޢުލޫމާތުތަކެކެވެ.

ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ މީހެއް 10 ދުވަހުގެ މުއްދަތު ހަމަވެ އެޕްރީލް 24 ވަނަ ދުވަހު ނެގި ރިލީޒިންގ ސާމްޕަލެއްގެ ނަތީއްޖާ ކޮވިޑް-19 އަށް ފައްސި ވެފައިވާކަން 27 އެޕްރީލް ގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެނގުނު ނަމަވެސް ދެ ދުވަސް ވީ އިރުވެސް އެ މަޢުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ. މީޑިއާތަކުން މަޢުލޫމާތު ހޯދުމަަށް މަސައްކަތް ނުކުރީކީ ނޫނެވެ. މަޢުލޫމާތު ހިއްސާ ކުރަން ތިއްބެވި ފަރާތްތަކަށް އެ މަޢުލޫމާތު ނުދެވުނީއެވެ.

ފުރަތަމަ 04 ކޭސްގެ މަޢުލޫމާތު ޙިއްސާކުރި ގޮތަށް 05 ވަނަ ކޭސްގެ މަޢުލޫމާތު ޙިއްސާނުކޮށް 06، 07، 08. 09 އަދި 10 ވަނަ ކޭސް ގެ މަޢުލޫމާތު ޙިއްސާ ކުރުމުން ސުވާލު އުފެދިފައި ތިބި އެތައް ބަޔަކަށް މި ލިޔުމުން ޖަވާބު ލިބިގެންދިޔަ ކަމަށް އުއްމީދުކުރަމެވެ.

ކޮވިޑް-19 ގެ މި ނުރައްކަލުގައި ތިނަދޫ ރައްޔިތުން ތިބެ ހޯމް ކަރަންޓީނު ކުރެވިފައިވާ ގެތަކާއި އައިސޮލޭޓް ކުރެވިފައިވާ ގެތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ނުލިބި ރައްޔިތުން އެ ފަރާތްތަކާއި އެކަހެރި ވާން އެނގޭނީ ކިހިނެއްތޯއެވެ.

އޭ.އޯ ނިއުސް ޓީމުގެ ދުއާއަކީ ކޮވިޑް-19 ފަދަ ބަލިތަކުން މި ޤައުމު ސަލާމަތް ކޮށްދެއްވާ، ފުރިހަމަ ސިއްޙަތެއްގައި އަޅަމެން ލެހެއްޓެވުމެވެ.

8 ކޮމެންޓް
Comment
މެއި 3, 2021
Ma heekuri bodu investment habareh kamah.habaru nimun iru case 5 akah v gotheh neygunu
A
މެއި 2, 2021
Habaru kiyaa nimunu iru ves neygunu vaanuvaa..
މ ހުސަން
މެއި 1, 2021
މީބު ހޮސްޕިޓަލެކެ އައްޓެން ބޮޑަން ނާސި ގޭކެއެ! އަހަނެ ޑިއުޓިއޭ އޮންނާ މީހިންނެގާ މަހަކެޔައުމާއި ބޯލ ބިއުމާއިއެ. ސޯ!!
ހހ
މެއި 1, 2021
މީ ކަމަކު؟
އަހުމަދުالله
މެއި 1, 2021
މިއީ އޭއޯގެ ފެންވަރެއް ނޫން!
ލޮލް
މެއި 1, 2021
ކޭސް 5 ގެޓު ނުވި
އެހެންދާ
މެއި 1, 2021
ވީގޮތާސް ނެތިއޭ މިއްތެ ދެން މީބު ކަމަކު ނުންމެ މިހިލާނެ މިވޮނައު
ވާނުވާ!
މެއި 1, 2021
މިޔަށްވުރެން ޖޯކު ހަބަރެއް މިހާތަނަށަ އައި އިރު ނުކިޔަން