މަޑަވެލި ރީކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ކާއްޑޭ ސްޕޯޓްސް އެކެޑަމީ ގުޅިގެން މިމަހުގެ 27 ގައި ފަށާފައިވާ ރޮނާކަޕް ފުޓްސަލްމުބާރާތުގައި, ރޭ ވީ ކަންމަތި އެފްސީ އަދި ގަރާޖް އެފްސީ ބައްދަލުކުރި މެޗް 10-2 އިން ވީކަންމަތި އެފްސީ ކާމިޔާބު ކޮށްފިއެވެ.
މަޑަވެލީ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗްގައި ވީ ކަންމަތީގެ ފަރާތުން މޮޅުކުޅުމެއް ފެނިފައިވެއެވެ. މި މެޗުގައި ވީ ކަންމަތި އެފްސީގެ ލަނޑުތައް ޖަހާފައިވަނީ އައުސް ޒިރާމް(1) އަހްމަދު ޝިނާޒް (2) ނަސީފް ހަސަން(1) ފާއިގް ޝަފީގް (2) ހުސައިން އަބްދުﷲ (2)އަދި ޒަމްއަތު މުހައްމަދު ވަހީދު(2) ލަނޑެވެ. ގަރަޖްގެ 2 ލަނޑު ކަމިޔާބު ކުރީ ހަފީޒް ހާފިޒް އައި މުޒައްމިލް ޖަމީލްއެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ “ވީ ކަންމަތި އެފްސީ”ގެ ޒަމްއަތު މުހައްމަދު ވަހީދުއެވެ.
އެފްސީ ބެންފިކާ އަދި އެފްސީ ލެޖެންޑް ބައްދަލުކުރިމެޗް ވަރަށް ފަސޭހަ ކަމާއެކީގައި ކާމިޔާބުކުރީ އެފްސީ ބެންފިކާއެވެ. 4-1 އިން އެފްސީ ބްންފިކާ މޮޅުވި މިމެޗުގެ ލަނޑުތައް ޖަހާފައިވަނީ ސޮފްވާން އަދުނާން (2) ނަވާލް ޖަމީލް(1) ސާއިން އަސްލަމް(1)އެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ އެފްސީ ބެންފިކާގެ އުމުރުން 16 އަހަރުގެ ސޮފްވާން އަދުނާންއެވެ. ސޮފްވާން (ސޮއްޓި)އަކީ ހޯނޑެއްދޫގައި މިވަގުތު އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިޔެކެވެ. ސޮފްވަނަކީ ހޯނޑެއްދޫގެ ފުޓްބޯޅަ ލެޖެންޑް އަލީ ހައްސާންގެ ކޮއްކޮއެވެ. ސޮއްޓި އަކީ އެފްސީ ބެންފިކާގެ 16 އަހަރުންދަށުގެ ދެކުޅުންތެރިންތެރެއިން އެއްކުޅުންތެރިއެކެވެ.
މި މުބާރާތުގެ ދެ މެޗެއް މިރޭވެސް ކުޅޭ ގޮތަށް ތާވަލް ކުރެވިފައިވެއެވެ. މި މެޗްތަކުގައި ބައްދަލުކުރާނީ “އެފްސީ ޖާގަ ނުލިބޭ” އަދި “ގަރާގް އެފްސީ”، ދެވަނަ މެޗްގައި “ވީ ކަންމަތި އެފްސީ” އަދި “އެފްސީ ބެންފިކާ”އެވެ. މި އީ މިމުބާރާތުގެ ލީގު އުސޫލުން ކުޅެވޭނެ ފަހު ދެމެޗެވެ. ދެން ކުޅޭނީ ސެމީ ފައިނަލްއެވެ. ލީގް ކުޅެނިމޭ އިރު 1ވަނަ 2 ވަނަ އަދި 3 ވަނަ ޓީމް ސެމީފައިންލްއިން ފުރުސަތު ލިބޭނެއެވެ. މި މުބާރަތުގެ މެއިން ސްޕޮންސަރ އަކީ ސަޓާ ބޭކަރީއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސްއެވެ.