English Edition
Dhivehi Edition

މަޑަވެލި ރީކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ކާއްޑޭ ސްޕޯޓްސް އެކެޑަމީ ގުޅިގެން މިމަހުގެ 27 ގައި ފަށާފައިވާ ރޮނާކަޕް ފުޓްސަލްމުބާރާތުގައި މިރޭ “އެފްސީ ލެޖެންޑް” އަދި “ގަރާޖް އެފްސީ” ބައްދަލުކުރި މެޗް 2-1އިން “އެފްސީ ލެޖެންޑް” ކާމިޔާބު ކޮށްފިއެވެ. މަޑަވެލީ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗްގައި “އެފްސީ ލެޖެންޑް”ގެ ފަރާތުން މޮޅުކުޅުމެއް ފެނިފައިވެއެވެ. މި މެޗުގައި “އެފްސީ ލެޖެންޑް”ގެ ލަނޑުތައް ޖަހާފައިވަނީ ނާއިފް ޝަފީގް އަދި އަހްމަދު އަބްދުﷲއެވެ. “ގަރާޖް އެފްސީ”ގެ ހަމައެކަނި ލަނޑު މެޗުގެ ފަހު ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހްމަދު އައިމަން ސައީދު އެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކީ “އެފްސީ ލެޖެންޑް”ގެ ނާއިފް ޝަފީގް (ސީ.އާރު.3)އެވެ. ކުޅުނު ތިންމެޗުން 6 ޕޮއިންޓްލިބި ޕޮއިންޓް ޓޭބަލްގެ އެއްވަނަ “އެފްސީ ލެޖެންޑް”އަށް ލިބެނީ ފައިދާ ގޯލުންނެވެ.

ވީ ކަންމަތި އެފްސީ އަދި “އެފްސީ ޖާގަނުލިބޭ” ބައްދަލުކުރިމެޗް ވަރަށް ފަސޭހަ ކަމާއެކީގައި ކާމިޔާބުކުރީ “ވީކަންމަތި އެފްސީ”އެވެ. 10-0 އިން ވީކަންމަތި އެފްސީ މޮޅުވި މިމެޗުގެ ލަނޑުތައް ޖަހާފައިވަނީ އައުސް ޒިރާމް(1) އަހްމަދު އިބްރާހީމް (1) ނަސީފް ހަސަން(2) ފާއިގް ޝަފީގް (2) އަދި ޒަމްއަތު މުހައްމަދު ވަހީދު(4) ލަނޑެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ “ވީ ކަންމަތި އެފްސީ”ގެ ޒަމްއަތު މުހައްމަދު ވަހީދުއެވެ. ކުޅުނު ދެމެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، “ވީ ކަންމަތި އެފްސީ” މިވަގުތު އޮތީ ޕޮއިންޓް ޓޭބަލްގެ ދެވަނައިގައެވެ. ދެ މެޗް ކުޅެ 4 ޕޮއިންޓް “އެފްސީ ބެންފިކާ”އަށް ލިބިފައިވެއެވެ. “އެފްސީ ޖާގަނުލިބޭ” އަށް 3 މެޗުން 1 ޕޮއިންޓް ލިބޭއިރު “ގަރާޖް އެފްސީ” ކުޅުނު ދެމެޗުން ޕޮއިންޓެއް ލިބިފައި ނުވެއެވެ.

މި މުބާރާތުގެ ދެ މެޗެއް މާދަމާރޭވެސް ކުޅޭ ގޮތަށް ތާވަލް ކުރެވިފައިވެއެވެ. މި މެޗްތަކުގައި ބައްދަލުކުރާނީ “ވީ ކަންމަތި އެފްސީ” އަދި “ގަރާގް އެފްސީ”، ދެވަނަ މެޗްގައި “އެފްސީ ލެޖެންޑް” އަދި “އެފްސީ ބެންފިކާ”އެވެ. މި މުބާރަތުގެ މެއިން ސްޕޮންސަރ އަކީ ސަޓާ ބޭކަރީއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސްއެވެ.