އައިފޯން 12 ގެންގުޅޭ އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރިޕޭއިޑް ކަސްޓަމަރުންނަށް މާލޭގެ ބޮޑު ސަރަހައްދުތަކުން އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު ލިބޭނެއެވެ. 5ޖީ ލިބޭނީ އައި އޯ އެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮޕްޓްވެއަރ އަޕްޑޭޓް ކޮށްފައި ހުރި އައިފޯން 12 ގެ ފޯނުތަކަށެވެ.
އުރީދޫ މޯލްޑިވްސް ގެ 5ޖީ ނެޓްވޯކާއިއެކު 5ޖީ ހޯމްބުރޯޑްބޭންޑް ގެ ޚިދުމަތް މިދިޔަ އަހަރު ޑިސެމްބަރ މަހުގައި ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތަޢާރަފު ކޮށްފައެވެ. އެގޮތުން ގިނަ ވިޔަފާރި ހިންގާ ސަރަހައްދުތަކާއި، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވެއެވެ. 5ޖީ ޓެކްނޮލޮޖީއާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓް ކުރުމުގައި ދިމާވާ ޑިލޭތައް އެތައްގުނައަކަށް ކުޑަވެގެންދާނެއެވެ.
އުރީދޫ ގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމުރުންގެ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބުމާއިއެކު މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކުރެވޭނެއެވެ.
އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯޑް ކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާގިނަ ވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެއެވެ.
5ޖީ ގެ ޚިދުމަތް އިތުރަށް ފުޅާކުރުމާއެކު މިހާރު އައިފޯން 12، ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓް 20 އަލްޓްރާ، ސެމްސަންގ ގެލެކްސީ އެސް 21، އެސް 21+، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ބޭނުންކުރާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު ލިބިގެންދާނެއެވެ.
އައިފޯން 12 ގަންނަން ބޭނުންވާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ އީކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ފޯނު ގަނެވޭނެއެވެ. އަދި މީގެ އިތުރުން އުރީދޫއިން ލިބެންހުންނަ ހުރިހާ ފޯނުތަކެއް އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ ފރާތްތަކަށް މޯލްޑިވްސް އިސލާމިކް ބޭންކް މެދުވެރިކޮށް ނެގޭނެއެވެ.
މޫލީ މެދުވެރިކޮށް http://ore.do/app އިން ގަނެވޭނެއެވެ.