English Edition
Dhivehi Edition

މަޑަވެލި ރީކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ކާއްޑޭ ސްޕޯޓްސް އެކެޑަމީ ގުޅިގެން މިމަހުގެ 27 ގައި ފަށާފައިވާ ރޮނާ ކަޕް 2021 ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު ދެ މެޗުން “އެފްސީ ބެންފިކާ” އަދި “އެފްސީ ލެޖެންޑް” މޮޅު ހޯދައިފިއެވެ.

މިރޭ ކުޅުނު ފުރަތަމަ މެޗުގައި “އެފްސީ ބެންފިކާ” އަދި “ގަރާޖް އެފްސީ” ބައްދަލުކުރިއިރު އެމެޗް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީއްޖާ އަކުން “އެފްސީ ބެންފިކާ”އެވެ. މަޑަވެލީ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗްގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިފައިވެއެވެ. މެޗުގައި ފެނުނު ދެ ލަނޑު ޖަހާފައިވަނީ ސަފޫހް އަސްލަމް އަދި ސަފްވާން އަދުނާންއެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކީ “އެފްސީ ބެންފިކާ”ގެ ސާއިން އަސްލަމްއެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި “އެފްސީ ޖާގަނުލިބޭ” އާއި ބައްދަލުކޮށް ފަސޭހަކަމާއެކު މޮޅުވީ “އެފްސީ ލެޖެންޑް”އެވެ. 10-0 އިން “އެފްސީ ލެޖެންޑް” މޮޅުވި މިމެޗުގެ ލަނޑުތައް ޖަހާފައިވަނީ އަހްމަދު އަސިމް (1) އަހްމަދު އަބްދުﷲ (2) އަދި ނާއިފް ޝަފީގް(7) ލަނޑެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް “އެފްސީ ލެޖެންޑް”ގެ ނާއިފް ޝަފީގް (ސީ.އާރު.3) އެވެ.

މި މުބާރާތުގެ ދެ މެޗެއް މާދަމާ ރޭ ވެސް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މެޗްތަކުގައި ބައްދަލުކުރާނީ “އެފްސީ ލެޖެންޑް” އަދި “ގަރާޖް އެފްސީ”، ދެވަނަ މެޗްގައި “ވީ ކަންމަތި އެފްސީ” އަދި “އެފްސީ ޖާގަނުލިބޭ”އެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސަޓާ ބޭކަރީއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ އޭ.އޯ ނިއުސް އެވެ.