English Edition
Dhivehi Edition

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އިތުބާރުހުރި މަސްދަރަކުން އޭއޯނިއުސްއަށް ކިޔާދީފައިވާ ގޮތުން ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވަނީ އެއްމަސްދުވަހުގެ މުއްދަތަށެވެ. އެމަނިކްފާނު ގޭބަންދަށް ބަދަލުކުރާނެ ތާރީޚެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

މި ރަމަޟާން މަހު ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ އާއިލާއިންވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ އަރިހުގައި އެދިވަޑައިގެންފައިވެއެވެ.

އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަނީ އާއިލާއިން އެދުނު ކަންތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ބެލެވެއެވެ.